ޚަބަރު

މާފުށީ ޖަލު ސަރަޙައްދަށް، ޤަވާއިދާ ޚިލާފަށް ބަޔަކު ވަން މައްސަލަ ބަލަނީ


މާފުށީ ޖަލު ހިމެނޭ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ބަޔަކު ވަން މައްސަލައެއް ބަލަން ފަށައިފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފއިވަނީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން އައި ބަޔަކު ޤަވާއިދާ ޚިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ވަނީ ކުއްލި ހާލަތަށް ގެނެވިފައިކަމަށެވެ. އަދި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާކަން ކަށަވަރު ކޮށްދެއްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުންވެސް ވަނީ މާފުށީ ޖަލުގައި މިރޭ ހިނގައިގެން އުޅޭ ޙާދިސާއަކާ ގުޅިގެން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާކަމަށް ހާމަކުރައްވާފައެވެ. ޖަލުން ދެ ގަައިދީއަކު ފިލައިގެންއުޅޭކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރިނަމަވެސް ކަރެކްޝަނާއި ފުލުހުންވެސް ވަނީ އެކަން ދޮގުކުރައްވާފައެވެ.