ޚަބަރު

ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ މަންމަ ނިޔާވެއްޖެ


ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ މަންމަ ނިޔާވެއްޖެއެވެ.

ޢަބްދުއްރަހީމް ޢަބްދުﷲގެ މަންމަ ލ.ފޮނަދޫ ބަނަފްސާގޭ މަރިޔަމް އަހުމަދު ނިޔާވެފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފައިވެއެވެ. މަރިޔަމް އަހުމަދަކީ ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ފައިސަލް އާއި ޕީއެންސީގެ ކައުންސިލް މެންބަރު ޢަބްދުލްޙަސީބު އިބްރާހީމްގެ މާމައެވެ.

ޢަބްދުއްރަޙީމް ޢަބްދުﷲ މަންމަ ނިޔާވުމާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ތަޢުޒިޔާގެ މެސެޖުގައިވަނީ ޢާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި ކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވާ ކަމަށެވެ. އަދި ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޢާއިލާއަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި އަދި ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައިވަނީ ތަޢުޒިޔާ ފޮނުވާފައެވެ.