ކުޅިވަރު

ފްރީގައިޒް ވޮލީ މުބާރާތުގެ ފައިނަލަށް މިސްކިތްމަގު


ފްރީގައިޒް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގަ މިސްކިތްމަގު ހޯދައިފިއެވެ. ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ މުބާރާތުގެ ފައިނަލުން މިސްކިތްމަގު އެންމެންގެ ގުޅުން ޖާގަ ހޯދީ މިރޭ ކުޅުނު ސެމީފައިނަލް ތިންވަނަ މެޗުގައި މާދަޑު ފިސްޑާގެ މައްޗަށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ. މިސްކިތްމަގު މެޗުގެ ސެޓްތައް ގެންދިޔައީ 26-24، 25-22، އަދި 25-23 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު ޓީމްގެ ނޭޕާލް ކުޅުންތެރިޔާ ކޮޕިއްލައެވެ.މުބާރާތުގެ ފައިނަލްގައި މިސްކިތްމަގު ވާދަކުރަން ޖެހޭނީ ފުރަތަމަ ސެމީން މޮޅުވި ދަޑިމަގުން ރަނިންއާއެވެ. ފައިނަލް މެޗު ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.މުބާރާތުގައި އަންހެން ޑިވިޝަންގެ އިތުރުން ފިރިހެން ޑިވިޝަންވެސް ހިމެނެއެވެ.