ކުޅިވަރު

ފްރީގައިޒް ވޮލީ މުބާރާތުގެ ގްރޫޕްގެ އެއްވަނަ ދަޑިމަގަށް


ފްރީގައިޒް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް އެކެއްގެ އެއްވަނަ ދަޑިމަގު ހޯދައިފިއެވެ. ދަޑިމަގު ގްރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްގެންނެވެ.ދަޑިމަގުގެ ދެވަނަ މެޗު ފޯރިގަދަ ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން ކާމިޔާބުކުރީ މާދަޑު ފިސްޑާއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. އަހުމަދު އަބުދުލްކަރީމް، ލޯންގޭއާއި ޝާއިންގެ އިތުރުން ލަންކާ ކުޅުންތެރިއެއް ހިމެނޭ ފިސްޑާގެ މައްޗަށް ދަޑިމަގު ކުރި ހޯދީ ފުރަތަމަ ދެސެޓް ފިސްޑާއިން ކާމިޔާބުކޮށްފައިވަނިކޮށެވެ. ފުރަތަމަ ދެސެޓް ފިސްޑާ ކާމިޔާބުކުރީ 25-18، 25-18 ނެވެ. ޖެހިގެން އައި ތިން ސެޓް ދަޑިމަގު ކާމިޔާބުކުރީ 26-24، 26-16 އަދި 15-13 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދަޑިމަގުގެ ލަންކާ ކުޅުންތެރިއަކީ ސަމީރުއެވެ. މިގްރޫޕުން މިދެޓީމަށްވެސް ވަނީ ސެމީފައިނަލްގެ ޖާގަ ލިބިފައެވެ.ގްރޫޕް ދޭއްގައި ރޭ ދަޑިމަގު ޓީމް ވަނީ ފުނާޑްގެ މައްޗަށް ތިން ސެޓް އެއް ސެޓުން ކުރި ހޯދާފައެވެ. މެޗުގެ ދެވަނަ ސެޓް ފުނާޑަށް ލިބުނީ އެސެޓް ދަޑިމަގު ޓީމް ކާމިޔާބުކުރި ނަމަވެސް މުބާރާތުގެ ޤަވާއިދާ ޙިލާފަށް ކުޅުންތެރިއަކު ލައްވާ ކުޅުވާފައިވާތީއެވެ. އެއީ ޤަވާއިދުގައިވާގޮތުން ރަށުން ބޭރުގެ ތިން ކުޅުންތެރިން ލިސްޓްގައި ޖެހުނު ނަމަވެސް އެއްފަހަރާ ކުޅެވޭނީ ދެ ކުޅުންތެރިންނަށްކަމަށް ބުނެފައިވަނިކޮށް، އެއްފަހަރާ ތިން ކުޅުންތެރިން ލައްވާ ކުޅުވުމުންނެވެ.