ޚަބަރު

ރިސޯޓެއްގައި އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގެ ހަޤީޤަތް ހޯދަން ފުލުހުން ފަށައިފި


ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލަ ކަށަވަރުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލަ ކަށަވަރުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އެ ރިސޯޓުގައި މަސައްކަތްކުރާ އަންހެނަކު ރޭޕްކުރިކަމަށް ބުނެ، ބައެއް މީޑިއާތަކުގައި ރިޕޯޓްކުރުމާއި ގުޅިގެނެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް އައިރު އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިނުވާކަމަށެވެ. ނަމަވެސް މީޑިއާތަކުން އެ ޙަބަރު ރިޕޯޓްކުރުމާއި ގުޅިގެން، އެކަމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.