ޚަބަރު

އަހަރަކަށްވުރެ ގިނަދުވަސްވީ 600އަށްވުރެ ގިނަ މައްސަލަ، އަމާޒަކީ މިއަހަރު ނިންމުން


ކޯޓުގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 678 މައްސަލައެއް އެބަ އޮތަކަމަށް ސިވިލްކޯޓުން ހާމަކޮށްފިއެވެ. އެކޯޓުން ވިދާޅުވީ މިއަހަރުގެ މަސައްކަތްތައް ގެންދާނީ 3 ފިޔަވައްސަކަށް ބަހާލައިގެންކަމަށާއި ފުރަތަމަ ފިޔަވަހީގައި އަމާޒަކީ އަހަރުވެ ނުނިމިހުރި މައްސަލަތައް ނިންމުން ކަމަށެވެ.

ސިވިލްކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2019ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކުގެ ޢަދަދު 1574 އަރައެވެ. މިދިޔަ އަހަރު ސިވިލްކޯޓަށް ހުށައަޅާފއިވަނީ 3578 މައްސަލައެވެ. އޭގެތެރެއިން ކުރިީ އަހަރުގެ ބައެއް މައްސަލަތަކާއެކު ނިމިފައިވަނީ 2394 މައްސަލައެވެ.

ކޯޓުގައި ހިގަމުން އަންނަ މައްސަލަތަކުގެ ތެރެއިން އަހަރު ނިމުނުއިރު ނުނިމި ހުރި މައްސަލަތކުގެ ޢަދަދު 2758އަށް އަރާއިރު މީގެތެރެއިން 678 މައްސަލައަކީ އެއް އަހަރަށްވުރެ ގިނ ދުވަސްވެފައިވާ މައްސަލަތައްކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ. މިިދިޔަ އަހަރު ސިވިލް ކޯޓަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަކަށް ނުގޮސް ހައްލުވި މައްސަލައިގެ އިންސައްތައަކީ 59.6އެވެ. މިއީ 1377 މައްސަލައެވެ.

ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޝަނަށް 264 މައްސަލައެއް ހުށައެޅިފައިވެއެވެ. އެގެ ކުރީއަހަރު ހުށައެޅި މައްސަތަކާއެކު ހުޅުމާލެ ޑިވިޝަނުން ނުނިމިހުރި މައްސަލަތކުގެ ޢަދަދީ 84އެވެ. އޭގެތެރޭގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވީ އެއްވެސް މައްސަލައެއް ނުހިމެނޭކަން ސިވިލްކޯޓުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސިވިލްކޯޓުން ވިދާޅުވީ އެކޯޓްގެ މަސައްކަތް މިއަހަރުގެ ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންކަމާށެވެ. މި ގޮތުން ފުރަތަމ ފިޔަވަހީގައި މަސައްކަތް ކުރާނީ ކޯޓުގައި އެއްއަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 678 މައްސަލ ނިންމުމަށެވެ. ދެވަނަ ފިޔަވަހީގައި ކޯޓުގައި 6 މަހަށްވުރެ ގިނަ ދުވަސްވެފއިވާ މައްސަލަތައް ނިންމުމަކީވެސް އަމާޒެއްކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ. އަދި ތިންވަނަ ފިޔަވަހީގައި މަސައްކަތް ކުރާނީ ކޯޓަށް ހުށައަޅާ އަދަދަށްވުރެ އިތުރަށް މައްސަލަ ނިންމުމަށްކަމަށްވެސް ސިވިލްކޯޓުން ވިދާޅުވެއެވެ.

މިިދިޔަ އަހަރު ދިމާވި ކޯވިޑް-19ގެ ހާލަތުގެ ސަބަބުން ދިމާވި ދަތިތަކާއި އެކުވެސް ހާސިލުކުރެވުނު ނަތީޖާ ރަނގަޅުކަމަށް ސިވިލްކޯޓުން ފާހަގަކުރައްވައެވެ.