ކުޅިވަރު

ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗްގައި ރަނގަޅު ކުޅުމެއް ދެއްކޭވަރުގެ ޓީމެއް ސިޓީގައި އެބައޮތް: ގާޑިއޯލާ


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗްގައި ސިޓީގެ ފަސް ކުޅުންތެރިއަކަށް ކޮރޯނާ ވައިރަހުގެ ސަބަބުން ނުކުޅެވުނު ކަމުގައިވީ ނަމަވެސް ރަގަޅު ކުޅުމެއް ދެއްކޭވަރުގެ ޓީމެއް އަދިވެސް އެބައޮތް ކަމުގައި ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.

ގާޑިއޯލާ ބުނީ ސިޓީގައި އަދިވެސް ރަގަޅު ޓީމެއް އެބައޮތް ކަމަށާއި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗްގައި ރަގަޅު ކުޅުމެއް ދެއްކޭތޯ އޭނާގެ ޓީމް މަސައްކަތް ކުރާނެކަމަށެވެ. އަދި މިއަހަދުގެ ހާލަތު އެންމެންނަށްވެސް އެނގޭ ކަމަށާއި އެހެންކަމުން ދަނޑަށް ނިކުންނާނީ ހެޔޮނިޔަތުގައި ރަގަޅަށް ކުޅެ ނަތީޖާއެއް ނެރެވޭތޯކަމަށްވެސް ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ މޮގޮތަށް ބުނިނަމަވެސް މެޗަށް ނިކުންނައިރު ފުރަތަމަ އެގާރައިގެ މުހިންމު ކުޅުންތެރިންތަކަކަށް ނުކުޅެވުގެ އަސަރު ފެންނާނެކަމަށް ބެލެވެއެވެ. މިގޮތުން މެޗްގައި ކައިލް ވޯކަރ އާއި ގެބްރިއަން ހޭސުސް އަދި ކީޕަރ އެޑަރސަންއަށް ނުކުޅެވޭކަންވަނީ ޔަގިންވެފައެވެ. ކައިލް ވޯކަރ އާއި ހޭސުސްއަށް ކޮރޯނާވައިރަސް ޖެހިފައިވުމުގެ ސަބަބުން އަމިއްލައަށް ކަރަންޓީން ވެފައިވާކަން ހާމަކޮށްފައިވާއިރު އެޑަރސަންވަނީ އޭނާ ވެސް ކަރަންޓީން ވެގެން ހުރިކަން ސޯޝަލް މިޑިއާގައި ހާމަކޮށްފައެވެ. އަދި ވައިރަސް ޖެހިފައިވާ އަނެއް ދެކުޅުންތެރިންގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ގާޑިއޯލާ ހާމަކުރިގޮތުގައި ޓީމް ލިސްޓް ހާމަކުރުމުން ދެންތިބި ކުޅުންތެރިންވެސް ހާމަވެގެން ދާނެއެވެ.

ސިޓީ އެންމެފަހުން އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗްވަނީ ކޮރޯނާ ވައިރަސް ޓީމްތެރޭ ފެތުރިފައިވާ މިންވަރު ރަނގަޅަށް އެވަގުތު ވަޒަން ކުރެވިފައި ނުވުމުގެ ސަބަބުން ދެޓީމްގެ ރައްކަލަކަށްޓަކައި މެޗް ފަސްކޮށްފައެވެ.

މެޗަށް ނިކުންނައިރު ސިޓީ މިހާރު އޮތީ 14 މެޗުން ލިބިފައިވާ 26 ޕޮއިންޓާއި އެކު ތާވަލްގެ 8 ވަނައިގައެވެ. ނަމަވެސް އެޓީމް އަދި ނުކުޅެ ދެމެޗް އެބައޮތެވެ. ސިޓީއާ ދެކޮޅަށް ނިކުންނަ ޗެލްސީ އޮތީ ތާވަލްގެ 6 ވަނައިގައެވެ.