ޚަބަރު

އައްޑޫ ސިޓީގައި ހުންނަ ރޫޓް ފިހާރަ ފަޅާލައިފި


އައްޑޫ ސިޓީގައި ހުންނަ ރޫޓް ފިހާރަ ފަޅާލައިފިއެވެ.

ފުލުުހުން ވިދާޅުވީ އައްޑޫ ސިޓީ މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލިކަމުގެ މަޢުލޫމާތު ފުލުހުން ލިބިފައިވަނީ ރޭ ފަތިހުކަމަށެވެ. އަދި ރޫޓް ފިހާރަ ފަޅާލުމަށްފަހު ގިނަ އަދަދެއްގެ ފައިސާއާއި ތަކެތި ވަގަށް ނަގާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ މިހާރު ތަހުޤީޤްކުރަމުންދާކަމަށެވެ.

އައްޑޫ ސިޓީގައި ހުންނަ ރޫޓް ފިހާރަ ފަޅާލާފައިވާއިރު، މިދިޔަ އޮކްޓޫބަރުމަހުގެ 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު ރޫޓް ފިހާރައިގެ ފަރާތުން ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކު އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެންވެސް ބަޔަކު ވަނީ މަސައްކަތްކޮށްފައެވެ. އަދި އެމައްސަލަ ތަހުޤީޤްކުރުމަށްފަހު 5 މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.