ފޮޓޯ

އަހަރުގެ ފުރަތަމަ ދުވަސް ހަމަހިމޭންކަމާއި ފަޅުކަން

އައު އަހަރުގެ ފުރަތަމަ ދުވަހަށް އިރުއަރާ މަންޒަރު ބަލާލުމަށް ޗައިނާގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އެ މަންޒަރުތައްވަނީ ރެކޯޑްކޮށްފައި. ސަބަބަކި މި ނިމިޔަ އަހަރު ޗައިނާގެ ހުރިހާ ރައްޔިތުން އައު އަހަރު މަޑުކުރަން ޖެހުނީ ގޭގެތެރޭގައިކަމުން.- ފޮޓޯ: ރޮއިޓަރސް
އައު އަހަރަށް މަރުހަބާކިޔުމުގެ ގޮތުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން ދިއްލާލާފައި.- ފޮޓޯ: ރޮއިޓަރސް
ބައެއް ޤައުމުތަކުގައި ކޯވިޑްގެ ހާލަތަށް މާ ބޮޑެތި ބަދަލަތަކެއް އައިސްފައިނުވުމުން ބްރެޒިލްގެ ސިއްހީ އޮފިޝަލުން އެމީހުން އައު އަހަރ ފެށީ ބަލިމިހުންނާއި އެކު އެމީހުންނަށް ހިތްވަރު ދިނުމުގައި.- ފޮޓޯ: ރޮއިޓަރސް
ކޯވިޑްގެ ވައިރަހުގެ އައު ބާވަތެއް ފެތެރުމެން އަންނާތީ އިނގިރޭސިވިލާތުގެ ބޮޑުބައެއް އަދިވެސް އޮތީ ފުރަބަންދުގައި.- ފޮޓޯ: ރޮއިޓަރސް
އައު އަހަރު ފާހަގަކުރުމަށް ސާރބިއާގެ ރައްޔިތުން އުފާފާޅުކުރަނީ.- ފޮޓޯ: ރޮއިޓަރސް
ކޯވިޑްގެ ވައިރަހުގެ އައު ބާވަތެއް ފެތެރުމެން އަންނާތީ އިނގިރޭސިވިލާތުގެ ބޮޑުބައެއް އަދިވެސް އޮތީ ފުރަބަންދުގައި.- ފޮޓޯ: ރޮއިޓަރސްބްރިޓަން
ޗައިނާގެ ފަހުން ދެން އެންމެ ހަކުވިކޮށް ކޯވިޑް ފެތުރެމުން ދިޔަ އިޓަލީ އަދިވެސް އޮތީ ބަލީގެ ނުރައްކާގެ ތެރޭގައި. އައު އަހަރު ފެށިއިރުވެސް މަގުތަކުން ފެނުނީ ފަޅުކަމާއި ހާސްކަން.- ފޮޓޯ: ރޮއިޓަރސް
އައު އަހަރު ފެށުން މެދުއިރުމަތީގައި ފާހަގަކުރީ ކުލަގަދަކޮށް. މިސްރުގައި އައު އަހަރު ފެށުން ފާހަގަކުރުމަށް ހަވާއަރުވަނީ.- ފޮޓޯ: ރޮއިޓަރސް މިސްރު
ޔޫރަފްގެ ގައުމުތައް އަދިވެސް އަންނަނީ ކޯވިޑްގެ ދެވަނަ ރާޅުން އަރައި ނުގަނެވި. ޗިލީވެސް އާއަހަރު ފެށި ފަޅުމަގުތަކުން.- ފޮޓޯ: ރޮއިޓަރސް
ކޯވިޑްގެ ބައެއް ކޭސްތައް ފެނި ޖަޕާނުގައިވެސް މިހާރުވަނީ ބައެއް ފިޔަވަޅުތައް އަޅާފައި އެގައުމަށް މީހުން އެތެރެވުން މަނާކޮށްފައި. އެހެންނަމަވެސް އައު އަހަރުގެ ފުރަތަމަ ދުވަސް އެ ޤައުމުން ފެނުނީ ހަމަ ހަލަބޮލި ޖަޕާންގެ ގޮތުގައި މަގުތަކުގައި މީހުން ފުރިބާރުވެފއިވަނިކޮށް.- ފޮޓޯ: ރޮއިޓަރސް
ކޯވިޑް ބަލީގެ ރެކޯޑްތައް މާ ބޮޑަށް ހާމަކުރަމުން ނާންނަ ކޮރެއާގައި އައު އަހަރު ފެށުން ފާހަގަކުރުމަށް މިއަހަރުވެސް ކުލަގަދަ ހަރަކާތްތައް ބާއްވާފައިވޭ.- ފޮޓޯ: ރޮއިޓަރސް
އައު އަހަރުގެ ފުރަތަމަ ދުވަހު ދަރިންނާއިއެކު ދަތުރަކަށް ނުކުމެ އުޅޭ އާއިލާއެއް. ކޯވިޑްގެ ވައިރަހުގެ އައު ބާވަތެއް ފެތެރުމެން އަންނާތީ އިނގިރޭސިވިލާތުގެ ބޮޑުބައެއް އަދިވެސް އޮތީ ފުރަބަންދުގައި.- ފޮޓޯ: ރޮއިޓަރސް
އައު އަހަރުގެ ފުރަތަމ ދުވަހު ދުވެލަން ނުކުމެ އުޅޭ އިނގިރޭސި ދެ ރައްޔިތުން. ކޯވިޑްގެ ވައިރަހުގެ އައު ބާވަތެއް ފެތެރުމެން އަންނާތީ އިނގިރޭސިވިލާތުގެ ބޮޑުބައެއް އަދިވެސް އޮތީ ފުރަބަންދުގައި.- ފޮޓޯ: ރޮއިޓަރސް
މެކްސިކޯވެސް ކޯވިޑްގެ ހާލަތާއި ގުޅިގެން ފުރަބަންދުގައި އޮތުމުން އެ ޤައުމުގެ ފުރަންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ އެހީތެރިން އައު އަހަރުގެ ފެށުން ހޮސްޕިޓަލްގައި ފާހަގަކުރަނީ.- ފޮޓޯ: ރޮއިޓަރސް
މެކްސިކޯގެ ބައެއް ރައްޔިތުން އައު އަހަރުގެ ފުރަތަމަދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ކެއުމެއްގެ ތެރެއިން.- ފޮޓޯ: ރޮއިޓަރސް
އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޯވިޑްޖެހިފައިވާ އެމެރިކާގައި އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް އައު އަހަރުގެ ފުރަތަމަ ރޭ އާއިލާގެ މެމްބަރުންނާއި ވީޑިއޯ ކޯލަކުން ވާހަކަދައްކަނީ. އެމެރިކާގައި ބަލި ޖެހޭ މީހުން އަދިވެސް އަންނަނީ އިތުރުވަމުން. އެހެންނަމަވެސް އެ ޤައުމުގެ ރައްޔިތުންނަށް މީހާރުވަނީ ކޯވިޑްގެ ވެކްސިން ދޭން ފަށާފައި.- ފޮޓޯ: ރޮއިޓަރސް
ކޯވިޑް އުފަންވި ކަމަށް ބުނާ ޗައިނާގެ ވުހާން ސިޓިގެ ރައްޔިތުން މި އަހަރު ފެށީ އެޤައުމު އެ ބަލިން ރައްކާތެރިވެވުމުން އެކަން ފާހަގަކޮށް އެކަމަށް ޝުކުރުކުރުމުގެ ހަފްލާތަކުން. އެންމެ ބާރަށް ކޯވިޑް ފެތުރުނު މި ސިޓީން އެބަލި އެއްކޮށް ވަނީ ކޮންޓްރޯލްކޮށްފައި.- ފޮޓޯ: ރޮއިޓަރސް