ޚަބަރު

އަހަރުގެ ފުރަތަމަ ދުވަސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ


މުޅި ރާޢްޖެއަށް ގުގުރުމާއިއެކު މިއަދު ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެއިދާރާއިންވަނީ މިއަދު ހެނދުނު 07:30 ފެށިގެން 12:30 އާއި ހަމައަށް ބ އަތޮޅުން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް އެލާޓެނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭމަކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

އުތުރާއި މެދު ރާޢްޖެތެރޭގައި ކަނޑުތައް ގަދަވެފައި ދެކުނު ކަނޑުތައް އާދައިގެވަރަށް ގަދަވާނެކަމަޥެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ،

މޫސުމާއި ބެހޭ އިދާރާއިންވަނީ މޫސުމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.