ޅ.ނައިފަރު ބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތް ނިންމާލައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓާއި، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ނައިފަރުގައި ބެޑްމިންޓަން ތިން ކޯޓު ހަދާފައިވެއެވެ. މިބެޑްމިންޓަން ކޯޓުތައް ޤާއިމުކޮށްފައިވަނީ ނައިފަރުު ކައުންސިލުން ޢިމާރާތްކޮށްފައިވާ އެކުވެނި ޢިމާރާތުގައެވެ.
މި ކޯޓުތައް ނިމިގެން ދިއުމާއެކު ޔޫތު މިނިސްޓަރ އަޙުމަދު މަޙްލޫފުވަނީ ބެޑްމިންޓަން އެސޯސިއޭޝަނާއި، އެ އެސޯސިއޭޝަނގެ ރައީސް މިމަސައްކަތް ނިންމެވިމަށް ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މިކޯޓުތައް ނިމިގެން ދިއުމާގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްވަނީ ކުޅިވަރު ލާމަރުކަޒުކޮށް ކުޅިވަރު ކުޅެވޭނެ ހަރުދަނާ ނިޒާމެއް ޤައިމުކުރެއްވުމަށް މިނިސްޓަރ މަޙްލޫފު ކުރައްވަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެހެންމެ މިއީ ދުރުރާސްތާގައި ބެޑްމިންޓަން ފެޑެރޭޝަނެއް ޤާއިމުކުރުމަށް މަގުފަހި ވެގެންދާނެކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވިއެވެ.