އެމްޓީސީސީން ކުރިއަށްގެންދިޔަ މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ފެށި މާވަށު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމާލާފައިވަނީ އަންގާރަދުވަހުއެވެ.
We have successfully completed the L. Maavah Harbor Upgrade Project on 29 December 2020. The project valued at 27.3 million was commenced on 09th October 2019. pic.twitter.com/Neae1XW0Op
— MTCC Plc (@MTCCPlc) December 30, 2020
މި މަޝްރޫޢުގެ ދަށުން، 26885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 568 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 40 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 55 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން ކުރިއަށްގެންގޮސްފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ 27.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.