ކުޅިވަރު

ވުލްވްސްއާ ދެކޮޅަށް ނުކުންނައިރު ގިނަ ލަނޑުތަކެއް ޖަހަންޖެހޭ: ސޯލްޝެއަރ


އިނގިރޭސި ލީގުގައި ވުލްވްސްއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓަރ ޔުނައޓެޑުން ގިނަ ލަނޑުތަކެއް ޖަހަން ޖެހޭކަމަށް ޓީމުގެ ކޯޗު އޮލެގަނަ ސޯލްޝެއަރ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ސޯލްޝެއަރ ބުނީ އެންމެފަހުން ޔުނައިޓެޑުގެ ދަނޑުއި ކުޅުނު މެޗުން ހަ ލަނޑު ކާމިޔާބުކުރުމުން ކުޅުންތެރިން ތިބީ ވަރަށް އިތުބާރާއެކު ކަމަށެވެ. އޭނާ ބުނީ ކުރުމުއްދަތެގެ ތެރޭގައި ގާތްގަތުގައި ގިނަ މެޗުތަކެއް ކުޅުމަކީ ކުޅުންތެރިންގެ ފިޓްނަސް އާއި އެހެނިހެން ކަންކަމަށް އަސަރު ކުރާނެކަމެއް ކަމަށެވެ.

ޔުނައިޓެޑުން ދަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކަރަމުން ކުރިއެރުން ހޯދަމުން ކަމަށް ސޯލްޝެއަރ ބުންޏެވެ. ސޯލްޝެއަރ ބުނީ އަބަދުވެސް ވުލްވްސް އަކީ ލީގުގައި ކުޅެން އުނދަގޫ ޓީމެއް ކަމަށާއި އެޓީމަކީ ރަނގަޅު ކުޅުންތެރިން ތިބި މޮޅު ޓީމެއް ކަމަށެވެ. ޔުނައިޓެޑުން ސަމާލު ނުވެއްޖެނަމަ ވުލްވްސް މެޗު އުނދަގޫ ހާލަތަކަށް ގޮސްދާނެ ކަމަށް ސޯލްޝެއަރ ބުންޏެވެ. މެޗާ ކުރިމަތިލާއިރު ޔުނައިޓެޑު ހަތަރުވަނައިގަ އޮތީ 14 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ.