ޚަބަރު

ކަނޑަށް ވެއްޓުނު މަސްވެރިޔަކަށް މިޔަރެއްގެ ހަމަލާ، އަވަސް ފަރުވާއަށް ގެންދަނީ


މަހަށް ނުކުމެ އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މަސްވެރިޔަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިޔަރެއް ހަމަލާދީފައިވަނީ ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު "ޒިކުރާ" ނަމަކަށް ކިޔާ ދޯނީގައި މަސައްކަތްކުރާ 40 އަހަރު ދިވެހި މަސްވެރިއަކަށްކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ މަސްވެރިކަމުގައި އުޅުނު މި މީހާ ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހިފާ ޒަހަމްކޮށްލާފައިވާކަމަށެވެ،. އަދި މި މީހާއަށް އަވަސް ފަރުވާދިނުމަށް ޅ ނައިފަރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްޑީއެފުން ވިދާޅުވެއެވެ. މިމިހާއަށް ލިބިފައިވާ ޒަހަމްގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވިނަމަވެސް އެމީހާގެ ފައިގެން މައި ނާރަށް ގެއްލުންވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އިތުރު ތަފްސީލު އަންނަނީ ...