ޚަބަރު

ބޭސްފަރުވާއަށް އިންޑިޔާއަށް ދިއުމަށް ވިސާގެކަންކަމަށް ލުޔެއްދީފި


ބޭސްފަރުވާއަށް ރާއްޖެއިން އިންޑިޔާއަށް ދަތުރުކުރާ ފަރާތްތަކަށް އިތުރު ލުފަސޭހަތަކެއް އިންޑިޔާ ސަރުކާރުން ރާއްޖެއަށް މިހާރު ހަމަޖައްސައިދީފައިވާކަމަށް ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަހުމަދު މުޙައްމަދު ވިދާޅުވީ، ކުރިން ރާއްޖެއިން ބޭސްފަރުވާ އިންޑިޔާއަށްދާ މީހުންނަށް އެއްފަހަރު ވިސާހޯދުމަށްފަހު އަލުން ވިސާ ދެނީ ދެމަސްދުވަސް ފަހުންކަމަށް އޮންނަ އޮތުން މިހާރު އުވާލާފައިވާކަމަށެވެ. ފޮރިންމިނިސްޓްރީން
މަޢުލޫމާތުދޭގޮތުގައި ބޭސްފަރުވާއަށް އިންޑިޔާއަށް ދިއުމަށް ތިންމަސްދުވަހުގެ
މުއްދަތަށް މިހާރު ވިސާލިބޭނެކަމަށެވެ.  

ދިވެހިންގެ ގިނަބަޔަކު ބޭސްފަރުވާއަށް ދާ އެއްތަނަކީ އިންޑިއާގެ ޓްރިވެންޑްރަމެވެ. އެތަނަށް ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ބޭސްފަރުވާއާއި އެހެނިހެން ބޭނުންތަކަށް ގޮސް އުޅެއެވެ. ދައުލަތުން ދެއްވާ ހިލޭ ބޭސްފަރުވާގެ ހިދުމަތް "އާސަންދަ" ގެ ހިދުމަތް ދޭ ހޮސްޕިޓަލްތައް ޓްރިވެންޑްރަމްގައި ހުންނައިރު، ދާދި ފަހުން ބެންގަލޫރުންވެސް މިހިދުމަތް ދޭން ވަނީ ފަށާފައެވެ.