ގެނބެމުންދިޔަ 13 އަހަރުގެ ކުއްޖަކު ސަލާމަތްކޮށް ފަރުވާދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ގއ. މާނަގަލަ ކައިރިއަށް ގެނބުނު ކުއްޖާ ސަލާމަތްކުރީ އޭނާގެ އާއިލާ މީހެއްކަމަށެވެ. އަދި 13 އަހަރުގެ މި ކުއްޖާ ނޭވާލަން އުނދަގޫވާތީ އެމްއެންޑީއެފްގެ ސަދާން އޭރިއާގެ ކޯސްޓްގާޑުގެ އެހީތެރިކަމުގައި މިހާރު ގއ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 13:53 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.