ޚަބަރު

އަހަރުގެ އެންމެ މޮޅު ކުޅިވަރު ސަޙްޝިއްޔަތަކަށް ޙަބީބް ނުމަގޮމެޑޯފް


ބީބީސީއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅިވަރު ޝަޙްޝިއްޔަތަކަށް މިކްސް މާޝަލް އާޓްސްގެ ވޯލްޑް ލައިޓްވެއިޓް ޗެންޕިއަން ރަޝިޔާގެ ޙަބީބް ނުމަގޮމެޑޯފްއަށް ލިބިއްޖެއެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ތެޅުންތެރިންގެ ތެރޭގައި ހިމެނޭ ރަޝިޔާގެ ޙަބީބް ނުމަގޮމެޑޯފް ވަނީ މިކްސް މާޝަލް އާޓްސްގެ ވޯލްޑް ލައިޓްވެއިޓް ޗެންޕިއަންގެ ގޮތުގައި ރިޓަޔާކޮށްފައެވެ. ޙަބީބް ރިޓަޔާކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އެމެރިކާގެ ޖަސްޓިން ގޭތުޖީ ބަލިކުރުމަށްފަހުއެވެ. އެމެޗަށްފަހު ހަބީބްވަނީ އެމްއެމްއޭއިން ރިޓަޔާކުރަން ނިންމާއެކަން އިޢުލާނުކޮށްފައެވެ. ސަބަބެއްކަމަށް ނުމަގޮމެޑޯފް ބުނީ އޭނާގެ ކޮންމެ މެޗެއްގައި އޭނާގެ ބައްފަ އޭނާއާއިއެކު އިންނަކަމާއި ނަމަވެސް ކޮވިޑް ޖެހިގެން ބައްޕަ ނިޔާވުމާއި ގުޅިގެން، ބައްޕައާއި ނުލާ ދެން ކުރިއަށްދާން އޭނާ ބޭނުން ނުވާތީކަމަށް އޭނާ ބުންޏެވެ.

މިހާތަަށް ނުމަގޮމެޑޯވް ބަލިނުވެ 29 މެޗް ހަމަކޮށްފައިވާއިރު، އެމްއެމްއޭގެ ދަށުން ތަޅާފައިވާ 13 މެޗް ފާހަގަކޮށްލެވެއެވެ. ބީސީސީއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅިވަރު ސަޙްޝިއްޔާތު ހޮވަނީ އާންމުގެ މެދުގައި ނަގާ ވޯޓަކުންނެވެ.