ޚަބަރު

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ފަސްކޮށްފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް 2ވަނަ ފަހަރަށް ފަސްކޮށްފިއެވެ.

މިމުބާރާތް ކޮވިޑް19ގެ ޕެންޑަމިކާއި ގުޅިގެން އެންމެ ފުރަތަމަ ފަސްކޮށްފައިވަނީ މިއަންނަ މަހުގެ 18އިން 31ގައި މެލްބަންގައި ބާއްވާގޮތަށެވެ. ނަމަވެސް ކޮވިޑް19އާއި ގުޅިގެން މިހާރު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކުރިއަށްގެންދިއުމަށް ތާވަލް ކޮށްފައިވަނީ މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 8ވަނަ ދުވަހަށެވެ. މިއަންނަ އަހަރުގެ ފުރަތަމަ ގްރޭޑް ސްލޭމް މުބާރާތަށް ކޮލިފަވުމަށް 4 ދުވަހުގެ ކޮލިފިކޭޝަން މެޗްތަކެއް ޖެނުއަރީ 10ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މިކޮލިފިކޭޝަން މެޗްތައް ކުރިއަށްދާނީ ގަތަރުގެ ވެރިރަށް ދޯހާގައެވެ. މިއަންނަ އަހަރުގެ ފެންބުއަރީ މަހުގެ 8ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ބައިވެރިވާ ކުޅުންތެރިން ކޮލިފިކޭޝަން މެޗްތައް ނިންމުމަށްފަހު، ކުޅުންތެރިން އޮސްޓްރޭލިއާގެ މެލްބަންއަށް ދިއުމަށް ހަމަޖެހިފައިވަނީ 25 ޖެނުއަރީގައެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ސިއްހީ ގަވާއިދުތަ ހަމަޖެހިފައިވަ ގޮތުން ކުޅުންތެރިން އޮސްޓްރޭލިޔާއަށް އައުމަށްފަހު އެންމެ ފުރަތަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވެއެވެ.