ޚަބަރު

ބެންޒީމާގެ 2 ގޯލުން ރިއަލް ކުރިއަށް ޖެހިލައިފި


ކަރި ކައިރިން ބެންޒީމާގެ 2 ގޯލްއިން އެތްލެޓިކް ބިލްބާއޯ ބަލިކޮށް ތާވަލްގް އެއްވަގައިވާ ރިއަލް ސޮސީދާދް އާއި ޕޮއިންޓްގެ ގޮތުން ރިއަލް މެޑްރިޑް އާރާ ހަމަކޮށްފިއެވެ.

ސްޕެނިޝް ލީގައި ރޭ ރިއަލް މެޑްރިޑާއި އެތްލެޓިކް ބިލްބާއޯ ވާދަކުރި މެޗު ރިއަލް މެޓްރިޑް ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުންނެވެ. މެޗްގައި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ރިއަލް އަށް ކާމިޔާބުކޮށްދިނީ ޓޯނީ ކުރޫޒްއެވެ. މެޗްގެ 2ވަނަ ލަނޑު 2ވަނަ ހާފްގައި ބެންޒީމާ ކާމިޔާބު ކޮށްދިންއިރު، މެޗްގެ ފަހު ލަނޑު ރިއަލް މެޑްރިޑަށް ބެންޒީމާ ކާމިޔާބުކޮށްދިނީ 2ވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެތްލެޓިކް ބިލްބާއޯއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑާ ކާޕާއެވެ. \

މިމެޗްގައި އެތްލެޓިކް ބިލްބާއޯގެ ރައުލް ގާސިޔާއަށްވަނީ ދެވަނަ ރީންދޫ ކާޑާއެކު މެޗްގެ 13ވަނަ މިނެޓްގައި ރޯނީ ކުރޫޒްއަށް ކުރި ފައުލްއަކާއި ގުޅިގެން ރަތް ކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗްގެ އެންމެ ފުރަތަމަ ރައުލް ގާސިޔާ އަށް ރީންދޫ ކާޑް ދައްކާފައިވަނީ މެޗްގެ 8ވަނަ މިނެޓްގައެވެ. ރިއަލް މެޑްރިޑް ކުޅުނު ހުރިހާ މުބާރާތެއް އެއްކޮށް މިހާރު އެޓީމު ވަނީ ޖެހިޖެހިގެން 4 މެޗުން މޮޅުވެފައެވެ.

ރިއަލް ސޮސިއިދާދް، އެޑްލެޓިކޯ މެޑްރިޑް އަދި ރިއަލް މެޑްރިޑް ކޮންމެ ޓީމްއަކަށްވެސް 26 ޕޮއިންޓް ލިބިފައެވެ.