ޚަބަރު

މަނަފަރު ރިސޯޓް އިންޖީނުގޭގައި އަލިފާން ރޯވެ އަނދައިފި


ހއ މަނަފަރު އިންޖީނުގޭގައި އަލިފާން ރޯވެ އަނދައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 03:35 އެހާކަންހާއިރުކަމަށެވެ. އަދި އެމްއެންޑީއެފްގެ ނޮދަރން އޭރިއާގެ ކުޅުދުށްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޯވި އަލިފާންގަނޑު ކޮންޓްރޯލްވެފައިވަނީ 05:45 އެހާކަންހާއިރުކަމަށް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް އަދި ސާފެއް ނުވެއެވެ.