އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވީ މިއަދުގެ އިރުއޮއްސުމާއި ހަމައަށް ރާއްޖޭގެ މޫސުމް ލަފާކުރާ ގޮތުން އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ވިއްސާރަކުރާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށްވާރެވޭނެތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ.
Alert white for heavy rain and thunderstorms. pic.twitter.com/J7VG4eWqhy
— Maldives Meteorology (@MetMaldives) December 11, 2020
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއާއި 13 މޭލުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާ ގަނޑުގައިވެސް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މިއަދު ރާއްޖޭގެ ހުރިހާ ސަރަހެއްދައިގައިވެސް ރާޅުގެ އުސްމިން ހުންނާނީ ދެ ފުޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ.