ޚަބަރު

ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެ


ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއަދު ހެނދުނު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ޢުމުރުން 69 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި 48 ވަނަ މީހާއެވެ. މީގެތެރޭގައި ހިމެނެނީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ. އެންމެ ފަހުން ކޯވިޑް-19ގައި މިބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މިހާތަނަށް 13 ހާހަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ހޮސްޕިޓަލުގައި 66 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އެންމެ ފަހުން ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 34 މީހެކެވެ. އަދި 30 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ކޯވިޑް-19 ބަލިމަޑުގައި ފަރުވާދެމުން އަންނަނީ 633 މީހަކަށެވެ. އަދި 12،621 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.