ޚަބަރު

ނަސްލީ ތަފާތު ކުރުމަކީ ފުޓްބޯޅައިގައި ނޫނަސް ބެލައިގެނެވޭނެކަމެއް ނޫން - މޮރީނިއޯ


ނަސްލީ ތަފާތު ކުރުމަކީ ފުޓްބޯޅައިގައި ނޫނަސް ބަލައިގެނެވޭނެކަމެއް ނޫންކަމަށް ޓޮޓެންހަމްގެ ކޯޗް ޖޯޒޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނެފައިވަނީ ޗެންޕިއަންސް ލީގްގައި ޕީއެސްޖީ އާއި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރު ވަދަކުރި މެޗްގެ 4ވަނަ އޮފިޝަލް ސަބެސްޓިއަން ކޮލްޓެސްކޫ ބަސަކްޝެހީރުގެ އެސިސްޓަންޓް ކޯޗު ޕިއޭރޭ ވެބޯއާ ނަސްލީ ގޮތުން ދިމާކުރިކަމަށް ބުނެ، މެޗް ހުއްޓާލަން ޖެހުމާއި ގުޅިގެންނެވެ. މޮރީނިއޯ ބުނީ މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި ފުޓްބޯޅައަކީ އެންމެން އެކަށްޗެއްކިޔާ އަދި އެންމެ އެއް އަޑަކުން ވާހަކަދައްކައި ކުޅިވަރެއްގައި ނަސްލީ ގޮތުން ތަފާތު ކުރުމުގެ އެއްވެސްކަމަށް ޖާގަދެވިގެން ނުވާނެކަމަށެވެ. އަދި މިވަގުތު އެންމެ ރަގަނޅު ގޮތަކީ ޕީއެސްޖީ އާއި ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރު ވަދަކުރި މެޗްގެ 4ވަނަ އޮފިޝަލް ސަބެސްޓިއަން ކޮލްޓެސްކޫ އެކަމަށް މާފަށް އެދި ލިބިދާނެ އަދަބަކަށް ތައްޔާރުވުންކަމަށެވެ.

ސަބެސްޓިއަން ކޮލްޓެސްކޫ މާފަށް އެދުނުކަމަށް ވީނަމަވެސް އޭނާއެކުރީ ބަލައިގަނެވޭނެ ކަމެއްނޫންކަށާއި މިއަމަލަށް އޭނާއަށް އަބަދު ލިބެންޖެހޭކަމަށްވެސް މޮރީނިއޯ ބުންޏެވެ. ސަބެސްޓިއަން ކޮލްޓެސްކޫއަކީ މޮޅު ރެފްރީއެއްކަމަށާއި އޭނާގެ ހުނަރާއިމެދު މިއީ އެއްވެސް ވަރަކަށް ސުވާލް އުފައްދަންވީ ވަގުތުނޫންކަމަށާއި މެޗްގެ 15 މިނެޓް ކުޅުމަށްފަހު، މިފަދަކަމަކުން މެޗް ހުއްޓާލަންޖެހުމަކީ ވަރަށް ހިތާމަވެރިކަމެއްކަމަށްވެސް މޮރީނިއޯ ބުންޏެވެ. ޓޮޓްހެންހަމްގެ ކޯޗްބުނީ މިކަމުން ފިލާވަޅު ލިބިގެން މެޗްގެ ރެފްރީންގެ އިތުރުން ކުޅުންތެރިންވެސް ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅުވާންޖެހޭކަމާއި މަޖަލަކަށް ނަމަވެސް އެފަދަ ބަހެއް ބޭނުން ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މޮރީނިއޯ ބުންޏެވެ. މިހާރު މިމައްސަލަ ފީފާއިންދަނީ ބަލަމުންނެވެ.