ޚަބަރު

ބެޑްމިންޓަން މިއަހަރުގެ މުބާރާތްތައް އަންނަ އަހަރު ބާއްވަނީ


މިއަންނަ އަހަރު އެންމެ ބޮޑަށް ވިސްނުން ހުރީ މިއަހަރުގެ ކަލަންޑަރުގައި ހުރި މުބާރާތްތަށް ކުރިއަށް ގެންދިއުމަށްކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެއެވެ.

މާލެ އާއި އަތޮޅު ތެރޭގައި ގިނަ މުބާރާތްތަކެއް ކުރިއަށް ގެންދިއުމަށް މިއަހަރުގެ ކަލަންޑަރުގައި ތާވަލް ކޮށްފައިވީނަމަވެސް، މިއަހަރު މުބާރާތްތަށް ކުރިއަށް ނުގެންދެވުނީ ކޮވިޑް19ގެ ސަބަބުން އަދި މާލޭ ލޮކްޑައުން ކުރުމާއެކު މުބާރާތްތަކުގެ އިތުރުން ގައުމީ ޓީމްތަކުގެ ފަރިތަކުރުންތަށްވެސް މެދު މެދުކަނޑާލަން ޖެހުމުގެ ސަަބަބުންނެވެ. ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް މުބާރާތްތައް ކެންސަލް ކޮށް މުބާރާތްތައް ވަނީ ފަސްކޮށްފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވީ މިއަހަރުގެ ކަލަންޑަރުގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވާ ބައިނަލްއަގްވާމީ ބެޑްމިންޓަންގެ ދެ މުބާރާތްވެސް މިއަންނަ އަހަރު ކުރިއަށް ގެންދިއުމަށް ވިސްނަމުންދާކަމަށެވެ. އަދި މިއަހަރުގެ ގައުމީ މުބާރާތްވެސް މިއަންނަ އަހަރު ބޭއްވުމަށް މިހާރު ތާވަލްކޮށްފައިވަނީ އަންނަ އަހަރުގައިކަމަށްވެސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވިއެވެ. އެޗްޕީއޭއިން ދިން ލުއިތަކާއިއެކު މިހާރުވަނީ ގައުމީ ޓީމްގެ ފަރރިތަކުރުންތަށް ފަށާފަ، އަދި ބައެއް އަތޮޅު ތަކުގައި ބެޑްމިންޓަންގެ ހަރަކާތްތަކާއި ކުދިިކުދި މުބާރާތްތައްވެސް ކުރިއަށްގެންގޮސްފައިވާކަމަށް މުސާ ވިދާޅުވިއެވެ. ބެޑްމިންޓަން އޭޝިޔާގެ ޖެނެރަލް ސެކެޓްރީ މުސާ ނާޝިދު ވިދާޅުވީ އަންނަ އަހަރު ބާއްވާނެ މުބާރާތްތައް ބުނަން ނޭންގޭކަމަށާއި ނަމަވެސް އެންމެ ބޮޑަށް ވިސްނާނީ މިއަހަރުގެ ކަލަންޑަރުގައި ހުރި މުބާރާތްތައް އަންނަ އަހަރުގައި ބޭއްވުންކަމަށާއި މާލޭގައި ބައްވަމުން އައިސްފައިވާ އަތޮޅު ލީގް މުބާރާތް އަންނަ އަހަރު އަތޮޅުތެރޭގައި ބޭއްވުމުގެ ފުރުސަތު ބޮޑުކަމަށް މުސާ ނާޝިދު ވިދާޅުވިއެވެ.

"މާލޭގައި މުބާރާތްތަށް ނުބޭއްވުނުކަމުގައި ވީނަމަވެސް އަޅުގަނޑުމެންގެ ވިސްނުން ހުރީ އަތޮޅުތަކުގައި ގިނަ މުބާރާތްތަކެއް ބާއްވަން. ކޮންމެ ގޮތެއްވިއަސް މިއީ ވަރަށް ބޮޑު ޗެލެންޖްއެއް. މިއަންނަ އަހަރުގެ ކަލަންޑަރު ވެގެންދާނީ ވަރަށް ބޮޑު ޗެލެންޖިން ކަލަންޑަރަށް. މުބާރާތްތަށް ބޭއްވޭނެ ވަކި ތާރީހެއް ނޭންގޭތީ ގިނަ އުދަގޫތަކާއިވެސް ކުރިމަތިވާނެ. ކޮވިޑް19އަށް ވެކްސިންއެއް ލިބި އާންމު ދިރިއުޅުން ރޯމަލް ހާލަތަށް އައުމުން ނުނީ ކުރިން މުބާރާތްތަށް ބޭއްވި ގޮތަށް ކުރިއަށް ނުގެންދެވޭނެ، ނަމަވެސް މިހާރު މި ޕްލޭން ކުރަނީ ނިއު ނޯމަލްގައި މުބާރާތްތަށް ކުރިއަށް ގެންދިއުމަށް.” ދުނިޔޭގެ ބެޑްމިންޓަންގައި އެންމެ ނުފޫޒަ ގަދަ ސަރަހައްދީ ޖަމިއްޔާ ބެޑްމިންޓަން އޭޝިޔާގެ ޖެނެރަލް ސެކެޓްރީ މުސާ ނާޝިދު ބުންޏެވެ.

ބެޑްމިންޓަން އެސޯސިއޭޝަން މިކްސް ޓީމް ޗެންޕިއަންޝިޕްގެ ނަމުގައި މިމަހުގެ 19ވަނަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަންއިން ދަނީ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. މިމުބާރާތް ހާއްސަކޮށްފައިވަނީ މާލެ، ވިލިގިލި އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލުމާތުދެއެވެ.