ސިއްހަތު

ދޮށީ އުމުރުގެ މީހުންނަށް ގޭގައި ތިބެގެން މިހާރު ފަރުވާ ލިބޭނެ


އުމުރުންދުވަސްވީ މީހުންގެ ތެރެއިން ބަލިހާލު ހުރިގޮތުން އެނދުމަތިވެފައިވާ ހަތަރު ސަތޭކަ ހަތްދިހައެއްހާ ފަރާތަކަށް އެ ގޭގެއަށް ޑޮކްޓަރުން ފޮނުވައިގެން ފަރުވާދެމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ހިންގެވުމާ ހަވާލުވެ ހުންނެވި އެޓާރނީ ޖެނެރަލް އަލް އުސްތާޛް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.ދޮށީ އުމުރުމީހުންގެ ޤައުމީ ސިޔާސަތާބެހޭ ގޮތުން ބޭއްވި މަސައްކަތު ބައްދަލުވުމެއް ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައި ބަންޑާރަނައިބް ވިދާޅުވީ، ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖޭ އަޅާލުމާއި އޯގާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މިޚިދުމަތް މިހާރު މުޅިރާއްޖެއަށް ފުޅާކުރެވިފައި ވީނަމަވެސް މިއީ ސަރުކާރުން އަލަށް ފަށައިގެންދެމުންދާ ޚިދުމަތެއްކަމުން، އަދިވެސް މި ޚިދުމަތް ރަނގަޅުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.އެގޮތުން ދޮށީ އުމުރުގެ މީހުންގެ
ތެރޭން ބަލިހާލު ހުންނަ ގޮތުން އިތުރު އަޅާލުމާ ޚިދުމަތްދޭންޖެހޭ ފަރާތްތަކަށް
ޚިދުމަތްދިނުމަށްޓަކާ އެފަދަ އާއިލާތަކަށް މައުލޫމާތު ދިނުމާ ތަމްރީނު ދިނުމުގެ
މަސައްކަތްތަކެއްވެސް ސަރުކާރުން ފަށައިގެން ކުރިޔަށްގެންދާކަމަށް ބަންޑާރަނައިބް ވިދާޅުވިއެވެ.މީގެ އިތުރުން ދޮށީ އުމުރުގެ މީހުންގެ ތެރެއިން
އަޅާލާނެ ފަރާތެއް ނެތް ފަރާތްތައް ބެލެހެއްޓޭނެ ނިޒާމެއް ދައުލަތުން ޤާއިމްކުރުން މުހިންމުކަމަށާއި، އެއީ ސަރުސަރުކާރުގެ އަމާޒެއްކަމަށްވެސް ބަންޑާރަނައިބް ވިދާޅުވިއެވެ.