ޚަބަރު

ހަންޏާމީދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެ


އދ. ހަންޏާމީދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އދ. ހަންޏާމީދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނީ އެމަސައްކަތް ފެށުމަށްޓަކައި މިދިޔަ ހުކުރުދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިމަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 204 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 266 މީޓަރ އެއްގަމުތޮށި ހެދުމާއި، 160 މީޓަރ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 1330 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި 6363.1 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 404 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 12 މޫރިން ބްލޮކްސް ޖެހުމާއި، 2 ނެރުބައްތި ޖެހުމުގެ އިތުރުން 14 ބަނދަރު ބައްތި ޖެހުން މިމަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

އދ. ހަންޏާމީދޫ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން 32.2 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަސައްކަތަކީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.