ކުޅިވަރު

ރެއާލް އާއި އެތުލެޓިކޯ މޮޅުވިއިރު ބާސެލޯނާ ބަލިވެއްޖެ


ސްޕެނިޝް ލަލީގައި ރެއާލް މެޑްރިޑާއި އެތުލިޓިކޯ މެޑްރިޑް މޮޅުވިއިރު ބާސެލޯނާ ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ރެއާލް މެޑްރިޑުން މޮޅެއް ހޯދީ ސެވިއްޔާއާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގައި ހަމައެކަނި ފެނިގެންދިޔަ ލަނޑަކީ ސެވިއްޔާގެ ކީޕަރު ޔާސިން ބޮއުނޯއު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ މި ސީޒަންގައި ލީގުގައި ކީޕަރެއްގެ އަތުން ލީގުގައި ބައިކޮޅަށް ލެނޑެއް ވަތް ފުރަތަމަ ފަހަރެވެ. އަދި މިއީ 29 އަހަރު ތެރޭގައި ސެވިއްޔާގެ ކީޕަރެއްގެ އަތުން ބައިކޮޅަށް ލަނޑެއްވަތް ފުރަތަމަފަހަރުއެވެ.

މެޗުގައި ސެވިއްޔާ އަށް މެޑްރިޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެހަމަލާއެކެވެ. މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް މެޑްރިޑްގެ ބެންޒީމާއަށް ލިބި ވަނީ ބޭކާރުވެފައެވެ. މިއީ މެޑްރިޑުން ލީގުގެ އެންމެފަހުން ކުޅުނު ތިންމެޗުގައިވެސް މޮޅެއް ހޯދިފައިނުވާއިރު އެޓީމުން ތިން މެޗަށްފަހު ހޯދި ފުރަތަމަ މޮޅެވެ.

ލީގުގައި ރޭ އެތުލެޓިކޯ ކުޅުނު މެޗު ކާމިޔާބުކޮށް އެޓީމުން ތާވަލުގެ އެއްވަނައަށް ވަނީ ޖެހިލާފައެވެ. އެތުލިޓިކޯ މެޗު ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި ރެއާލް ވަލަޑޮލިޑްއާ ވާދަކޮށް 2-0 ލަނޑުންނެވެ. މެޗުގައި އެތުލެޓިކޯއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ތޯމަސް ލެމާގެ އިތުރުން މާކޯސް ލޮރެންޓޭއެވެ.

ރޭ ލީގުގައި 29 އަހަރަށްފަހު ބާސެލޯނާ ވަނީ ކާޑިޒް އަތުން ބަލިވެފައެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ބާސެލޯނާ ބަލިވީ ކާޑިޒްއާ ވާދަކޮށް 2-1 ލަނޑުންނެވެ. މިއީ ލީގުގައި ކުރީގަވާދަކުރާ ޓީމެއްގެ އަތުން އަމިއްލަ ދަނޑުގައި 2006އަހަރަށް ކާޑިޒް މޮޅުވި ފުރަތަމަ ފަހަރުއެވެ. ކާޑިޒްގެ ކުޅުންތެރިން ލަނޑުޖެހި މެޗުގެ ބާސެލޯނާގެ ލަނޑަކީވެސް ކާޑިޒްގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މެޗުގައި ކާޑިޒް މޮޅުވި ލަނޑުޖެހީ ކުރިން މެންޗެސްޓަރ ސިޓީއަށް އަލްވާރޯ ނެގްރެޑޯއެވެ. އޭނާ މިލަނޑު ޖެހީ ކުޅެން އެރިތާ 44 ސިކުންތުގެ ތެރޭގައެވެ. މި ނަތީޖާ އެކު އެތުލެޓިކޯ ލީގުގެ އެއްވަނައިގައި އޮތީ 10 މެޗުން ހޯދި 26 ޕޮއިންޓާއެކުގައެވެ. ސޮސެއިޑާޑް ދެވަނައިގަ އޮތީ 24 ޕޮއިންޓާއެކުގައެވެ. ލީގުގެ ތިންވަނައިގަ ރެއާލް މެޑްރިޑް އޮތީ 20 ޕޮއިންޓާއެކުގައެވެ. ވިޔަރެއާލްއަށް ހަތަރުވަނަ ލިބެނީ ވެސް 20 ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާ ލީގުގައި އޮތީ ރެލިގޭޝަން ޒޯނާ ތިން ޕޮއިންޓް ގާތުގައެވެ. މިވަގުތު ލީގުގެ އެއްވަނައިގަ އޮތް އެތުލެޓިކޯ އަށް ވުރެ ބާރަ ޕޮއިންޓް ފަހަތުގައި އޮތް ބާސެލޯނާ އޮތީ 7 ވަނައިގައެވެ.