ޚަބަރު

ސުއަރޭޒް ސޮއިކުރި އިރު ޔުވެންޓަސްއިިން ހަދާފައިވާ ގޯސްތައް ބަލައި ތަހުގީގުކުރަން ފަށައިފި


މިދިޔަ ޓްރާންސްފަރގައި އިޓަލީގެ ޔުވެންޓަސްއަށް ސުއަރޭޒް ސޮއިކުރަން އުޅުމުގެ ތެރޭގައި ޔުވެންޓަސްއިިން ގޯސްތަކެއް ހަދާފައިވާކަމަށް ބަލައި އެކަން ތަހުގީގުކުރަން ފަށައިފިއެވެ.

އިޓަލީގެ ޗެމްޕިއަން ޓީމަށް ސުއަރޭޒް ބަދަލުވުމުގެ ބޮޑު ބައެއް ނިމިފައިވަނިކޮށް ސުއަރޭޒަށް ފަހު ވަގުތު އިޓަލީ ޕާސްޕޯޓު ނުލިބުމުން އޭނާއަށް އެކުލަބަށް ސޮއިކުރެވޭ ގޮތެއް ނުވިއެވެ. ޔުވެންޓަސް އަށް ބަދަލުވާން ސުއަރޭޒް އިޓަލީ ޕާސްޕޯޓެއް ހައްދަން ޖެހުނީ ޔުވެންޓަސްގައި މިހާރު އީޔޫއިން ބޭރު ކުޅުންތެރިންގެ ކޯޓާ ހަމަވެފައިވާތީއެވެ. އަނެއްކޮޅުން ސުއަރޭޒްގެ އަންހެނުންނަކީ އިޓަލީ ރައްޔިތެއް ކަމުން އޭނާ އަށް އިޓަލީ ޕާސްޕޯޓެއް ހޯދުމުގެ ފުރުސަތު އޮތެވެ.

އިޓަލީ ޕާސްޕޯޓް ހޯދުމުގެ ކުރިން ހަދާ ލެންގުއޭޖް ޓެސްޓް ގެ ކަންކަން ސުއަރޭޒް ފުރިހަމަކޮށްފައިވަނީ އާންމުކޮށް އެކަން ނިމޭ މުއްދަތަށްވުރެ އަވަހަށެވެ. މިކަމުގައި ޔުވެންޓަސްއިން މަކަރު ހަދާފައިވާކަމަށް ބުނެ އެކުލަބާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މިހާރުވަނީ ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލައިގައި އިޓަލީގެ ޕްރޮސެކިއުޓަރު ރަފައެލް ކަންޓޯނޭ ކުރާ ދައުވާ އަކީ ޔުވެންޓަސްއާމެދު ފިޔަވަޅު އެޅުމުގެ އިތުރުން ޔުވެންޓަސް އަށް އެހީވި ޔުނިވާސިޓީ އޮފް ފޮރިނާސް އިން ޕެރޫޖިއާގެ ހަތަރު އޮފިޝަލުން އަށް މަހަށް ސަސްޕެންޑް ކުރުމަށެވެ.

ޔުވެންޓަސް އަށް ބަދަލުވާން ސުއަރޭޒް ކުރި މަސައްކަތް ކާމިޔާބުނުވުމުން އެންމެ ފަހުން އޭނާ ބަދަލުވީ ސްޕެއިންގެ އެތްލެޓީކޯ މެޑްރިޑަށެވެ.