ދުނިޔެ

ފެން ޕްލާންޓެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ގިނަ ބަޔަކު ޒަހަމްވެއްޖެ


އިނގިރޭސިވިލާތުގެ ފެން ރިސައިކަލްކުރާ ޕުލާންޓެއްގައި ހިންގި ބޮޑު ގޮވުމެއްގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.
ކުއްލި ޙާލަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުންބުނީ ބްރިސްޓޮލް ކައިރީގައި އޮންނަ އޭވޮންމައުތުގައި ހުންނަ ވެސެކްސް ވޯޓާސް ބްރިސްޓޮލް ކިޔާ ފެން ރިސައިކަލްކުރާ ޕްލާންޓުގައި ހުރި ކެމިކަން ތާންގީއެއް ގޮވުމުގެ ސަބަބުން ބޮޑު ގޮވުމެއް ގޮވައިފައިވާކަމަށެވެ. އޭވޮންގެ އަލިފާން ނިއްވާ ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ބުނީ ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެފައިވާކަމަށާއި ހާދިޡާގެ އަސަރުތައް އަދިވެސް ހަމައަކަށް ނޭޅޭކަމަށެވެ.
ޒަޚަމްވި މީހުންނާއިގުޅޭ އެއްވެސް ތަފްޞީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ ހާދިޘާ މެދުވެރިވި ސަބަބާއިގުޅޭ ފުރިހަމަ ތަހުގީގެއް ކުރާނެކަމަށެވެ.