ކޯވިޑް-19 ޖެހުމަށްފަހު ފަރަންސޭސިވިލާތުގެ ކުރީގެ ރައީސް ވެލެރީ ޖިސްކާޑް ޑިސްޓެއިން އަވަރާހަވެއްޖެއެވެ. 1974ން 1981އަށް ފަރަންސޭސިވިލާތުގެ ރައީސްކަންކުރެއްވި ޖިސްކާޑް އަވަހާރަވިއިރު އުމުރުފުޅަކީ 94 އަހަރެވެ.
މިިިދޔަ މަހުގެ ތެރޭގައި ޖިސްކާޑްވަނީ ހިތުގެ މައްސަލަތަކަކަށް ފަރުވާ ހޯއްދަވާފައެވެ. ޖިސްކާޑްގެ ޢާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ޞިއްޙީ ޙާލަތު ގޯސްވެ އަވަހާރަވީ ކޯވިޑް-19 ޖެހުމުގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ. އޭނާ އަވަހާރަވީ ޢައިލާގެ މެންބަރުންގެ ހާޒިރުގައި އޭނާގެ ގެކޮޅުގައިކަމަށް ޢާއިލާއިން ބުންޏެވެ. ޖިސްކާޑްގެ އެދިވަޑައިގަތުމާއި އެއްގޮތަށް އޭނާގެ ޖަނާޒާގައި ބައިވެރިވާނީ ގާތް ޢާއިލީ ބޭފުޅުންނާއި ރައްޓެހިން އެކަނިކަމަށްވެސް އެ ބަޔާނުގައިވެއެވެ.
President of the Republic, Valéry Giscard d'Estaing, architect of Europe's last major reform, has died.
— Guy Verhofstadt (@guyverhofstadt) December 2, 2020
May his commitment and the energy he so ably demonstrated on the Convention guide us in our work in the Conference on the Future of Europe ?? pic.twitter.com/5ZUeMbJSBf
1974ވަނަ އަހަރުގައި ފަރަންސޭސިވިލާތުގެ ރައީސްކަމާއި ޙަވާލުވެވަޑައިގެންނެވިއިރު ޖިސްކާޑްގެ އުމުރުފުޅަކީ 48 އަހަރެވެ. އޭނާއަކީ 20ވަނަ ގަރުނުގައި ފަރަންސޭސިވިލާތުގެ ރައީސްކަމާއި ޙަވާލުވެވަޑައިގެންވި އުމުރުން އެންމެ ހަގު ބޭފުޅެވެ.