ޚަބަރު

މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި


ގަލޮޅު ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ. ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިފައިވަނީ ނޮވެންބަރު 30ވަނަ ދުވަހު މެންދުރު 13:18 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

ކަރަންޓުގައި ޖެހުނުކަމަށް ރިޕޯޓުކޮށްފައިވަނީ ޢުމުރުން 38 އަހަރުގެ އަންހެނެއްކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. އެމީހާއަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާގެ ޙާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.