ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖަކު މޫދުގައި މަރުވެފައި އޮއްވައިފެނިއްޖެ


އދ. ފެންފުށީގައި ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖެކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، އދ. ފެންފުށީގައި ކުޑަކުއްޖަކު ގެއްލިގެން އުޅޭކަމަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 15:20 ހާއިރު ކަމަށެވެ. އެ މައްސަލައިގައި ގެއްލިގެން ހޯދަމުން ދިޔައީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެ ކުއްޖާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މޫދުތެރޭގައި އެއްވެސް ހަރަކާތެއް ނެތިފައި އޮއްވައި ކަމަށެވެ.

ފެންފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެކުއްޖާ އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން ގެންދާ ކަމަށެވެ.