ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމަށް މުނައްވަރު އަދި ނާއިބު ރައީސްކަމަށް މިންހަތު


ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމަށް މުޙައްމަދު މުނައްޒަރު އަދި ނާއިބު ރައީސްކަމަށް ފާޠިމަތު މިންހަތު ޢިއްޒަތު އައްޔަންކޮށްފިއެވެ. ޓްރައިބިއުނަލްގެ ރައީސްއާއި ނާއިބު ރައީސް އައްޔަންކުރައްވާފައި މިވަނީ އެޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ފަސް މެންބަރުން އައްޔަންކުރެއްވުމާއި ގުޅިގެންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ރައީސް އައްޔަންކޮށްފައިވާ 5 ބޭފުޅުންނަކީ، ރައީސްކަމަށް މިއަދު ކަނޑައެޅުއްވި އއ.މަތިވެރި، ވެސްޓްބީޗް، އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީ އާއި، ނާއިބު ރައީސްކަމަށް ކަނޑައެޅުއްވި ގ.ގޮފި، އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތުގެ އިތުރުން އެކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވި އަނެއް ތިންމެންބަރުންކަމަށްވާ މ.ފާމުދޭރިގެ، ޙުސައިން ޒައިދާން ޖަލީލް އާއި، މއ.ވިލާރޮދި އިސްމާޢީލް ސާޖިދު އާއި، ދަފްތަރު ރސ 4883 އަލްއުސްތާޛް އަޙްމަދު އަޝްރަފްއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރުމަށް މި ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ފަސް މެންބަރުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަންކުރައްވާފައިވަނީ ކުރިން ތިއްބެވި 5 މެންބަރުންގެ ދައުރު މިމަހުގެ 28 އަށް ހަމަވާތިއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.