ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިން ޗެލްސީ ޖާގަ ހޯދައިފި


މެޗުގެ އިތުރުވަގުތުގައި ފޯވާޑް އޮލިވިއޭ ޖިރޫ ޖަހައިދިން ގޯލުން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިން ޗެލްސީ ޖާގަ ހޯދައިފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ފްރާންސްގެ ރެނޭސް އާއި އިނގިރޭސި ކުލަބު ޗެލްސީ ވާދަކުރި މެޗުން ޗެލްސީ މޮޅުވީ ދޭއް އެކަކުންނެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީވެސް ޗެލްސީންނެވެ. ކަލަމް ހަޑްސަން އޮޑޮއި ޖަހައިދިން ގޯލުން ޗެލްސީ މޮޅުވާން ދަނިކޮށް މެޗުގެ 85ވަނަ މިނެޓުގައި ރެނޭސްއިން ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް ދެވަނަ ހާފުގައި ބަދަލްކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮލިވިއޭ ޖިރޫ ޖަހައިދިން ގޯލުން މޮޅުވެ، ބާކީ ދެ މެޗު އޮއްވާ ޗެލްސީންވަނީ ގަދަ ސޯޅައިން ޖާގައެއް ޔަގީންކޮށްފައެވެ.

މި މެޗާއިއެކު ޗެލްސީންވަނީ 2018ގެ ނޮވެމްބަރު މަހުގެ ފަހުން ބަލިނުވެ ފުރަތަމަ ފަހަރަށް 13 މެޗު ހަމަކޮށްފައެވެ. އަދި މިއީ 2015ގެ ޑިސެމްބަރުގެ ފަހުން ޗެމްޕިއަންސް ލީގުގެ ތިން މެޗުން ޖެހިޖެހިގެން ޗެލްސީ މޮޅުވި ފުރަތަމަ ފަހަރެވެ.

ޗެލްސީ ހިމެނޭ ގްރޫޕްގައި ކުޅުނު އަނެއް މެޗު ކާމިޔާބުކޮށް ސެވިއްޔާވެސްވަނީ ގަދަ ސޯޅައިން ޖާގަ ހޯދާފައި. ސެވިއްޔާ މޮޅުވީ ކްރަސްނޮދާރާއި ވާދަކޮށް ދޭއް އެކަކުން.