މާލޭ ދެކުނު ފަރާތު ފަޅުތެރެއިން މޫދުތެރޭގައި މަރުވެފައި އޮތް މީހަކުފެނިއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭ ފަޅުތެރެއަށް މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދުގެ 9:43 ހާއިރުގައި ކަމަށާއި، އެމީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗުން އެމީހާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ނިޔާވެފައިވާކަމަށް މައުލޫމާތު ދީފައިވާ ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.