ރާއްޖޭގައި ތިބި
65 އަހަރުންމަތީގެ ހުރިހާ އެންމެންގެ ޞިއްހީ ހާލަތު މަހަކު އެއްފަހަރު
ބެލޭނެ ނިޒާމެއް ޤާއިމުކޮށް، މީގެ ތެރެއިން އެންމެ އަޅާލުންބޭނުންވާ މީހުންނަށް، މިހާރުލިބެމުންދާ 5000 ރުފިޔާގެ އިތުރުން ބޭނުންވާ
އެހީތެރިކަން ދާއިމީގޮތެއްގައި ދެވޭނެ ގޮތެއް އޮތްތޯ ބަލަމުންދާކަމަށް ލޯ އެންޑް ޖެންޑަރ
މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ލޯ އެންޑް ޖެންޑަރ
މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޒާހިދު މިހެންވިދާޅުވީ ބައިނަލް
އަޤްވާމީގޮތުން މިއަދު ފާހަގަކުރެވޭ އުމުރުންދުވަސްވީ މީހުންގެ މުނާޞަބާގައި
އެޓާރނީ ޖެނެރަލްއާ، ހެލްތް މިނިސްޓަރ އަދި ފިޝަރީޒް މިނިސްޓަރ އައިޖީއެމްއެޗްގައި
އެޑްމިޑްކޮށްފައިތިބި އުމުރުންދުވަސްވީމީހު ނުވަތަ އިސްރައްވެހިންގެ ގާތަށް ކުރެއްވި ޒިޔާތަށްފަހު މީޑީޔާއަށް
މައުލޫމާތުދެއްވަމުންނެވެ.
ޒާހިދު ވިދާޅުވީ 3 މިނިސްޓަރަކު މިއަދު މިކުރެއްވި
ޒިޔާރަތުގައި ބަލިމީހުންގެ ހާލުބެއްލެވުމުގެ އިތުރުން އުމުރުން ދުވަސްވީ
ފަރާތްތަކަށް ރަށްރަށުގައި ލިބެންނެތް ޞިއްޙީ ޚިދުމަތްތަކަކީ ކޮބައިތޯބަލާ
އެކަންކަމާއިބެހޭ މައުލޫމާތުވެސް އޮޅުންފިލުއްވާނެކަމަށެވެ.
އަދި ފަސްދޮޅަށް ފަސްއަހަރުންމަތީގެ ފަރާތްތަކުގެ ތެރޭން އެކިދާއިރާތަކުގެ ތައުލީމާ
ތަޖްރިބާހުރި ފަރާތްތަކުގެ ތަޖްރިބާ ސަރުކާރު ހިންގުމުގައި ބޭނުންކޮށް
އެބޭފުޅުންގެ ޙިއްޞާއިތުރުކުރުމަށްވެސް ސަރުކާރުން މިހާރު ގޮތްތަކުން
ރާވަމުންދާކަމަށް ޒާހިދު ވިދާޅުވިއެވެ.
ޑެޕިއުޓީ މިނިސްޓަރ
ޒާހިދު ވިދާޅުވީ ސަރުކާރުން މިހާރު ހިންގާ ޕްރޮގްރާމްތައް ހިންގަނީވެސް
އުމުރުންދުވަސްވީ މީހުންނަކީ ރާއްޖޭގައި މިހާރު ފާހަގަކުރެވެމުންމިދާ މިނިވަން
ފަންސާހުގެ އަހަރުތަކުގެ ތެރޭގައި ޚިދުމަތްކުރެއްވި ޚިދުމަތްތެރިންކަން
ދެކިގެންކަމަށެވެ.