ކުޅިވަރު

ޓޮޓްނަމުން ލީގުގެ އެއްވަނައަށް


އިނގިރޭސި ލީގުގައި ވާދަވެރި މެންޗެސްޓަރ ސިޓީ ބަލިކޮށް ޓޮޓެންހަމުން ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޓޮޓެންހަމުން ކުރި ހޯދީ 2-0 ލަނޑުންނެވެ. މެޗުގައި ފަސްވަނަ މިނިޓުގައި ޓޮޓެންހަމްގެ ސަން ލަނޑެއްޖަހައި ލީޑްނަގާފއިވަނިކޮށް ސިޓީން ވަނީ ފުރަތަމަހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރުން ލަނޑެއް ޖަހައިފައެވެ. އެހެންނަމަވެސް އެމްރިކް ލަޕޯޓޭ ބޯޅަ ގޯލަށް ވައްދާލުމުގެ ކުރިން ޖެސުސް އަތުގައި ބޯޅައިންޖެހުމުން ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ލަނޑު ކެންސަލްކޮށްފައެވެ.

ޓޮޓްނަމުން ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 64 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖިއޮވާނީ ލޮސެލްސޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ކުޅެންއެރިތާ 35 ސިކުންތުތެރޭގައެވެ. މެޗުގައި ސިޓީން ވަނީ ގިނަ ހަމަލަތާކެއް ޓޮޓެންހަމްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އޭގެ ބަދަލުގައި މެޗުގައި ޓޮޓްނަމުން ލިބުނު މަދު ފުރުސަތަތަކުގެ ބޭނުންހިފައި އެޓީމުން ވަނީ ސިޓީގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.

ރޭގަ މެޗުގައި ޖެހިލަނޑާއެކު ސަންވަނީ ލީގުގައި ކުޅުނު 9 މެޗުން 9 ލަނޑުޖަހާ ލަނޑު ލިސްޓުގެ ކުރިޔަށްޖެހިލާފައެވެ. މިއީ 2014 ވަނައަހަރު ފަހުން ލީގުގެ އެއްދުވަހުގެ ކުޅުންނިމެގެންދިޔައިރު ޓޮޓެންހަމުން އެއްވަނައިގައި ނިންމާލި ފުރަތަމަފަހަރެވެ. މިއީ ވޭތުވެދިޔަ 35 އަހަރުތެރޭގައި 9 މެޗުން ލީގުގެ އެއްވަނައަށް ޓޮޓްނަމުން އެރިފުރަތަމަފަހަރުއެވެ. ލީގުގެ 2008 ވަނައަހަރުގެ ސީޒަނުގައި ފަހުން މިއީ މިހާހިސާބަށް ލީގުގައި މެންޗެސްޓަރ ސިޓީ ދިޔަ ފުރަތަމަފަހަރެވެ.

މި މޮޅާއެކު ޓޮޓްނަމުން ލީގުގެ އެއްވަނައިގައި އޮތީ 9 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓަރ ސިޓީ 11 ވަނައިގަ އޮތީ 8 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.