ވިޔަފާރި

ކެންޔާއިން ބޭރުކުރާ މާމެލާމެލީގެ ބާވަތްތައް އަދައާޚިލާފަށް އިތުރުވެއްޖެ


ކޯވިޑް-19ގެ ޙާލަތުގައިވެސް ކެންޔާއިން ބޭރުކުރާ މާމެލާމެލީގެ ބާވަތްތައް ވަރަށްބޮޑަށް އިތުރުވެއްޖެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުން އޮކްޓޫބަރުމަހުގެ ނިޔަލަށް އެޤައުމުން 1.1 ބިލިއަން ޑޮލަރުގެ މާ ވަނީ ބޭރުކޮށްފައެވެ. މިއީ މިދިޔައަހަރުގެ މިމުއްދަތާ އަޅާ ބަލާއިރު %9 އިތުރު ޢަދަދެެކެވެ.

ކެންޔާގެ ހޯޓިކަލްޗްރަލް ޑައިރެކްޓޮރޭޓުން ހާމަކުރާގޮތުގައި ކޯވިޑް-19އާ ގުޅިގެން މި ސިނާޢަތަށް އަސަރުކުރާނެ ކަމަށް ބެލެވުނު ނަމަވެސް ދުނިޔޭގައި މާމެލާމެއްޔަށް އޮތް ބޮޑު ޑިމާންޑާއެކު ވިޔަފާރިތަކަށް ކުރިއެރުން ލިބިފައިވެއެވެ.

ކެންޔާއިން އެންމެ ގިނަ ޢަދަދަކަށް މާ އެކްސްޕޯޓުކުރަނީ ޔޫރަޕްގެ ޤައުމުތަކަށާއި އޭޝިއާގެ ޤައުމުތަކަށެވެ.
ކެންޔާއަކީ ދުނިޔޭގައި 4ވަނައަށް އެންމެ ގިނަ ޢަދަދަކަށް މާމެލާމެލި އެކްސްޕޯޓުކުރާ ޤައުމެވެ. ދުނިޔޭގެގައި އެންމެ ގިނަ ޢަދަދަކަށް މާމެލާމެލި އެކްސްޕޯޓުކުރަނީ ނެދަރލޭންޑްސްއިންނެވެ.