ޚަބަރު

އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ނުވަ މިލިއަނަަށް


އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ނުވަ މިލިއަން ހުރަސްކޮށްފިއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާ އޮތީ ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. އެގައުމުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު ނުވަ މިލިއަން ހުރަސްކޮށްފައިވާއިރު އެ ޤައުމުގައި 132،292އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 46،182 މީހުންނަށް ބަލިޖެހި 584 މީހުންވަނީ މަރުވެފައެވެ.

އިންޑިޔާގައި ބަލިފެތުރޭ މިންވަރު އެންމެ މަތިވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ދަހުން އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުދަނީ މަޑުމަޑުން ދަށްވަމުންނެވެ. ފާއިތުވި 13 ދުވަހުގައި އެ ޤައުމުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު ހުރީ 50،000އަށްވުރެ ދަށުގައެވެ.

އެހެންނަމަވެސް ވެރިކަންކުރާ ސްޓޭޓު، ނިއު ދިއްލީގައި ބަލި ފެތުރޭ މިންވަރުޗވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ސްޓޭޓުގައި މިހާތަނަށް 510،630 މީހުންނަށް ބަލިޖެހި 8401 މީހުންވަނީ މަރުވެފައެވެ. މިދިޔަ ޖޫން މަހުން ފެށިގެން ނިއު ދިއްލީގެ 500،000އަށްވުރެ ގިނަ މީހުންވަނީ މާސްކު ބޭނުން ނުކުރާތީ ޖޫރިމަނާކޮށްފައެވެ. އަދި އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކަށް ބޯނުލަނބާތީވެ 370،000 މީހުން ކޫރިމަނާކޮސްފައިވާއިރު މަގުމައްޗަށް ކުޅުޖެހުމުގެ ސަބަބުން 3،500މީހުންވަނީ ޖޫރިމަނާކޮށްފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން ތަބާވާ މިންވަރު އިތުރުކުރުމަށް އެ ސްޓޭޓުގައި މާސްކު ބޭނުން ނުކުރާ މީހުންގެ އަތުން ނަގައި ޖޫރިމަނާގެ ޢަދަދުވަނީ ހަތަރުގުނައަށް އިރުތުކޮށްފައެވެ. ކުރިން ނަގަމުން ދިޔަ 500 ރުޕީސްގެ ޖޫރިމަނާގެ ބަދަލުގައި މާސްކު ނާޅާނަމަ މިހާރު ނަގަނީ 2000 ރުޕީސްއެވެ.