ކުޅިވަރު

މޮޅަކާއެކު އިނގިރޭސިން މުބާރާތް ނިންމާލައިފި


ނޭޝަންސްލީގުގައި ގުރޫޕްގައި ކުޅުނު ފަހުމެޗުން އިންގްލޭންޑް މޮޅެއް ހޯދައިފި.

ވެންބްލީގައި ކުޅުނުމެޗުން އިންގްލޭންޑް ކުރި ހޯދީ އައިސްލޭންޑާއާ ވާދަކޮށް 4-0 ލަނޑުންނެވެ. މިމެޗުގައި އިންގްލޭންޑް ޕިލްފޮޑެން ދެލަނޑު ޖެހިއިރު އަނެއް ދެލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޑިކްލޭން ރައިސްގެ އިތުރުން މާސެން މައުންޓްއެވެ. ރައިސް އާއި ޕޯޑެން ކާމިޔާބުކުރި ލަނޑާއެކު މިދެކުޅުންތެރިންވެސް ވަނީ ގައުމީ ޖާޒީގައި ވެންބްލީގައި ފުރަތަމަފަހަރަށް އިންގްލޭންޑަށް ލަނޑުޖަހިއިދީފައެވެ. ޕޯޑަންވެފައިވަނީ މެޗެއްގައި އެއްގޯލަށްވުރެ އިތުރަށް ގޯލް ޖެހި އިނގިރޭސީ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ރޭގައި ހޯދާފައެވެ. އެއީ 20 އަހަރާ 174 ދުވަސް ތެރޭގައި ދެލަނޑުރޭގައި ކާމިޔާބުކޮށްދީގެންނެވެ.

ވެންބްލީގައި އެންމެފަހުން ކުޅުނު 22 މެޗުގެ ތެރެއިން 20 މެޗު އިންގްލޭންޑުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި މި 22 މެޗުގައި އިންގްލޭންޑްއިން ވަނީ 66 ލަނޑު ކާމިޔާބުކޮށްފަ. އިންގްލޭންޑަށް ދެން އެންމެ އަވަހަށްވެސް އޮންނާނީ މާޗުމަހުގައި ފަށާ ވޯލްޑްކަޕް ކޮލިފައިން މެޗުތަކެވެ.