ކުޅިވަރު

އިސްރާއިލް އަތުން ބަލިވެ ސްކޮޓްލޭންޑުން ފުރުސަތު ނަގާލައިފި


ނޭޝަންސް ލީގުގައި އިސްރާއިލް އަތުން ބަލިވެ ލީގް އޭ ކޮލިފައިވުމަށް ލިބުނު ފުރުސަތު ސްކޮޓްލޭންޑްއިން ނަގައިލައިފިއެވެ.

އަމިއްލަދަނޑުގައި ކުޅުނު މެޗު އިސްރާއިލުން ކާމިޔާބުކުރީ ސްކޮޓްލޭންޑާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަހާފްގެ 44 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މަނޯރް ސޯލޮމޮން.

މި ގުރޫޕުން ލީގް އޭއަށް ޕްރޮމޯޓުވީ ރޭ ސްލޮވާކިޔާ އަތުން 2-0 ލަނޑުން މޮޅުވި ޗެކްރިޕަބްލިކެވެ. ޗެކްރިބްލިކުން ގުރޫޕްގެ މެޗުތައް ނިންމާލީ 12 ޕޮއިންޓާއެކުގައެވެ. ސްކޮޓްލޭންޑަށް 10 ޕޮއިންޓް ލިބުނުއިރު ތިންވަނައަށް ދިޔަ އިސްރާއީލަށް ލިބުނީ 8 ޕޮއިންޓެވެ. ރެލިގޭޓްވި ސުލޮވާކިޔާއަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ސްކޮޓްލޭންޑަށް ފުރުސަތު ގެއްލުމުން ދެން އެޓީމަށް އޮންނާނީ އަންނަ މާޗުމަހުގައި އޮންނަ ވޯލްޑްކަޕް ކޮލިފައިން ގޫރޫޕްސްޓޭޖުގެ މެޗުތަކެވެ. ވޯލްޑްކަޕް ކޮލިފައިންގެ ޔޫރަޕުގެ ގުރުނެގުން އޮންނާނީ އަންނަ މަހުގެ 7 ވަނަދުވަހުއެވެ.