ކުޅިވަރު

ޖަރުމަނަކީ މިވަގުތު އެންމެ ވަރުގަދަ އެއްޓީމު، ނުކުންނާނީ މޮޅުވާން: އެންރީކޭ


ނޭޝަންސް ލީގުގައި މިރޭ ޖަރުމަނާ ދެކޮޅަށް ނިކުންނައިރު އެޓީމަކީ މިވަގުތު ދުނިޔޭގެ އެންމެ ވަރުގަދަ އެއްޓީމު ކަމަށާއި މިހާރު ގުރޫޕް އޮތްގޮތުން މެޗުން މޮޅުވުން ނޫން އިތުރު ވިސްނުމެއް ނެތްކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން އެންރީކޭ ބުނީ މެޗު އެއްގޮތަކަށްވެސް ފައްސޭހަވާނެ ކަމަށް އޭނާ ގަބޫލްނުކުރާކަމަށާއި ޖަރުމަނާ ދެކޮޅަށް ނުކުންނައިރު ޓީމު އޮތީ ފުރިހަމަ ބާރާއެކު ތައްޔާރަށް ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންނާ މެދު އޭނާގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި އިދުކޮޅަށް ނުކުންނަ ކުޅުންތެރިން އޭނާގެ ޓީމުން ސަމާލުވާނެ ކަމަށެވެ.

ޖަރުމަނު މެޗުން ބަލިކުރެވޭނީ އެޓީމާ އެއް ފެންވަރަށް ކުޅެގެންކަމަށް އެންރީކޭ ބުންޏެވެ. ޖަރުމަނާ ދެކޮޅަށް ކުޅޭނީ ކޮން ކީޕަރެއްތޯ މިހާރު އޭނާ ނިންމާފަވާކަމަށް އެންރީކޭ ބުންޏެވެ. އެންމެފަހުން ސްޕެއިން ކުޅުނު މެޗުގައި އެޓިމުން ކީޕަރެއްގެ ގޮތުގައި ކުޅެން ނެރެފައިވަނީ ވަނީ އެޓީމުގެ ބަދަލު ކީޕަރެވެ.

މުބާރާތުގެ ފައިނަލު ބުރުން ޖާގަހޯދަން ސްޕެއިން ޖެހޭނީ މިރޭ ޖަރުމަނު އަތުން މޮޅުވާށެވެ.