ކުޅިވަރު

މެޗު ކޮންޓްރޯލްކޮށް މޮޅަށް ކުޅުނީ ޖަރުމަނުން : ލޯ


ނޭޝަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ޖަރުމަނުން ޔުކްރެއިނު މައްޗަށް ކުރި ހޯދި މެޗުގައި މޮޅަށްކުޅެ ކޮންޓްރޯލްކޮއްގެން ކުޅުނީ ޖަރުމަނުން ކަމަށް އެޓީމުގެ ކޯޗު ޖޯހިމް ލޯ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ލޯ ބުނީ މިއީ ޖަރުމަނަށް އެހާ ފައްސޭހަ މެޗަކަށް ނުވިކަމަށާއި އެއަށްވުރެ އިދިކޮޅު ޓީމުން މާ މޮޅަށްކުޅެ ނުރައްކާ ކުރިކަން ލޯ ވަނީ ފާހަގަކޮށްފައެވެ. މެޗުގެ ފުރަތަމަހާފްގައި ޖަރުމަނުން މޮޅަށް ކުޅެ ނުރައްކާތެރި ހަމަލާތައް އުފެއްދިކަމަށާއި އެހެންނަމަވެސް މެޗުގެ ދެވަނަހާފްގައި އެކުޅުމެއް ޓީމަކަށް ނުދެއްކުނު ކަމަށް ލޯ ބުންޏެވެ.

މެޗަށްފަހު ވާހަދައްކަމުން ޔޫކްރެއިންގެ ކޯޗު އަންދްރޭ ޗެވްޗެންކޯ ބުނީ އޭޓީމުން މަސައްކަތް ކުރީ އެޓީމުގެ ގޭމްޕްލޭނާ އެއްގޮތައް ކުޅެންކަމަށާއި ބައެއް މެޗުތަކުގައި އެކުޅުން ވަރަށް މޮޅަށް ޓީމަށް ދެއްކޭކަމަށެވެ. އޭނާ ބުނީ ޖަރުމަނުކަހަލަ އޯގައިނައިޒިން ޓީމަކާ ދެކޮޅަށް ކުޅޭއިރު އުނދަގޫތަކެއް ހުންނާނެކަމަށާއި މެޗުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު ނަތީޖާ އެއްވަރު ކުރުމަށް ޔުކްރެއިނަށް ފުރުސަތު ލިބުނު ކަމަށްވެސް ޗެވްޗެންކޯ ބުންޏެވެ. ކުރިޔަށް ސުވިޒަލޭންޑާ ދެކޮޅަށް ކުޅެން އޮތްމެޗަކީ އުނދަގޫ މެޗަކަށް ވާނެކަމަށާއި އެހެންނަމަވެސް ޔުކްރޭނުން ފަހަވުގުތާހަމަޔަށް މަސައްކަތް ކުރާނެކަމަށް ޔުކްރެއިންގެ ކޯޗު ބުންޏެވެ. މެޗުން ހޯދި މޮޅާއެކު އެއްޕޮއިންޓުގެ ލީޑަކާއެކު ގުރޫޕް ލީޑްކުރަނީ ޖަރުމަނުންނެވެ.