ކުޅިވަރު

އަހަރަމެން މެޗުން މޮޅުވާން ހައްގު: އެންރީކޭ


ނޭޝަންސް ލީގުގައިރޭ ސްވިޒަލޭންޑް މެޗުން މޮޅުވާން ހައްގުކަމަށް އެޓީމުގެކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ރޭ ސްވިޒަލޭންޑާ ދެކޮޅަށްކުޅެ އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން އެންރީކާ ބުނީ ޓީމުން ފެނިގެންދިޔައީ ވަރަށް ހަމަހަމަކުޅުމެއް ކަމަށެވެ. މެޗުގައި ސްޕެއިންގެ އެއްނަބަރު ކީޕަރު ޑޭވިޑް ޑެހެއާ ބެންޗަށް ލުމަށްފަހު އެންރީކޭ ވަނީ އުނާއީ ސިމޮންއަށް ފުރުސަތު ދީފައެވެ. މެޗަށްފަހު އޭނާ ބުނީ އޭނާގެ ޓީމުގައި ހިމެނޭ ހުރިހާ ކީޕަރުންވެސް އޭނާގެ އިތުބާރު އޮންނާނެކަމަށާއި އެ ބަދަލު ގެނައީ ޑެހާއަށް އިތުބާރު ނުކުރާތީ ނޫންކަމަށެވެ. އެންރީކޭ ބުނީ ނަތީޖާ ކޮންމެގޮތަކަށް ނުކުތްކަމުގައި ވިޔަސް ހިތްހަމަޖެހޭކަމަށެވެ.

އެންރީކޭ ބުނީ މެޗުން މޮޅުވާން ހައްގުކަން ބޮޑީ ސްޕެއިންކަމަށެވެ. އެންރީކޭ ވަނީ ރޭގެ މެޗުގައި ދެ ޕެނެލްޓީ ބޭކާރުކޮށްލި ސާޖިއޯ ރާމޯސްގެ ދިފާއުގެ ވާހަކަދައްކާފައެވެ. އެންރީކޭ ބުނީ އަދިވެސް ސްޕެއިންގެ ޓީމުގައި ޕެނެލްޓީ ޖެހުމަށް ލިސްޓުގެ ކުރީގައި އޮންނާނީ ރާމޯސް ކަމަށާއި ރޭގައި މެޗުގައި އިތުރު ޕެނެލްޓީއެއް ލިބުނު ނަމަވެސް އޭނާ ފުރުސަތު ދޭނީ ރާމޯސްއަށް ކަމަށެވެ.

މުބާރާތުގައި ފައިނަލްބުރުން ޖާގަ ކަށަވަރުކުރުމަށް ޖަރުމަނުން އަތުން އަންގާރަ ދުވަހުގެރޭ ސްޕެއިނުން ވަނީ މޮޅުވާން މަޖުބޫރުވާނެއެވެ.