ކުޅިވަރު

އިތުރު ވަގުތުތެރޭގައި ކާމިޔާބުކުރި ލަނޑުން ކުރި ހޯދާ ސްލޯވާކިޔާ ޔޫރޯއަށް


ޔޫރޯ ކޮލިފައިން ޕްލޭ އޯފްގައި ނޮދަން އަޔަލޭންޑްގެ މައްޗަށް ކުރި ހޯދާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްލޯވާކިޔާ ޖާގަހޯދައިފިއެވެ.

ނޮދަން އަޔަލޭންޑްގެ ވިންޑްސޯރ ޕާކްގައި ކުޅުނު މެޗު ސްލޯވާކިޔާއިން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ސްލޯވާކިޔާގެ ޔޫރަޖް ކުކާ ކާމިޔާބުކުރި ލަނޑުން ލީޑް ނަގާފައިވަނިކޮށް މެޗު ނިމެން ތިން މިނިޓަށް ވެފަވަނިކޮށް ސްލޯވާކިޔާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތްލަނޑުން ނަތީޖާ ހަމަހަމަވިއެވެ. މެޗުގައި ސްލޯވާކިޔާއިން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނަތީޖާ ހަމަހަމަވެގެން ކުޅުނު އިތުރުވަގުތުގެ ދެވަނަ ހާފްގައި މިޝަލް ޑުރިސް ކާމިޔާބުކުރި ލަނޑުންންވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްލޯވާކިޔާއިން ވިދިވިދިގެން ޖާގަ ހޯދި ދެވަނަ ފަހަރެވެ. ސްލޯވާކިޔާ މުބާރާތުގައި ވާދަކުރާނީ ސްޕެއިން، ސްވިޑަން އަދި ޕޯލެންޑާ އެއް ގުރޫޕެއްގައެވެ.