ކުޅިވަރު

އަލްމުދިޝް އަބުޅޯ ބަށިޗެލެންޖްގެ ފައިނަލަށް ހިތްވަރާއި ހަބޭސް


އަލްމުދިޝް އަބުޅޯ ބަށި ޗެލެންޖްގެ ފައިނަލުން ހިތްވަރު ޓީމާއި، ބީސީ ހަބޭސް ޖާގަ ހޯދައިފިއެވެ. ހިތްވަރު ޓީމް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި އިތާއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. ހަބޭސް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ފަތްމިނި ޓީމާއި ވާދަކޮށް ކުރި ހޯދައިގެންނެވެ.ސެމީފައިނަލްގައި ހޯޑެއްދޫ ހިތްވަރު ޓީމުން 33 ލަނޑު 5 ފޯލި ކުރިއެވެ. އިތާ ޓީމަށް ހެދުނީ 25 ލަނޑު 6 ފޯއްޔެވެ. ކްއީން އޮފް ދަ މެޗަކީ ހިތްވަރު ޓީމްގެ ސިހާމާ އަބުދުއްރަޝީދެެވެ.ސެމީފައިނަލް މެޗުގައި ހަބޭސް ޓީމުން 32 ލަނޑު 3 ފޯލި ކުރިއެވެ. ފަތްމިނި ޓީމަށް ހެދުނީ 28 ލަނޑު 7 ފޯއްޔެވެ. ކްއީން އޮފްދަ މެޗަކީ ހަބޭސް ޓީމްގެ އައިމިނަތު ޒަމީލާއެވެ.ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވީރު ތިނަދޫގައެވެ. މިއީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި، ތިނަދޫ ހަވަރު ސްޕޯރޓްސް ކްލަބް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.