ކުޅިވަރު

ޖަރުމަނުގެ ގައުމީޓީމުން މިފަހަރު މުލާ، ބޯޓެންގް އަދި ހުމެލްސްއަށް ފުރުސަތު ނުދިން


ޖަރުމަނު ގައުމީޓީމުން މިފަހަރު ކުޅުމަށް ހަޖެހިފަވާ ތިންމެޗަށް ނެގި ޓީމުން ތަޖުރިބާކާރު ތިން ކުޅުންތެރިންކަމަށް ތޯމަސް މުލާ އާއި ޖެރިމޯ ބޯޓެންގް އަދި މެޓްސް ހުމެލްސް ބާކީކޮށްފިއެވެ.

މިތިން ކުޅުންތެރިން ބާކީ ކުރިއިރު މފަހަރު ޓީމުގެ ގޯލް އެންދްރޭ ޓާސްޓެގަން ވެސް ކޯޗު ޔަޚީމް ލޯގެ ޓީމުން ވަނީ ފުރުސަތު ގެއްލިފައެވެ. ޓާސްޓެގަން ބުނީ ކޯޗު އޭނާއަށް ފުރުސަތު ނުދިނީ އަނިޔާއިން އެނބުރިއައިސް ފުރިހަމަ ފިޓްނަސްއަކަށް އައުމަށް ވަގުތުދިނުމުގެ ގޮތުންކަމަށެވެ.

ޖަރުމަނު ކޯޗު ބުނީ ތަޖުރިބާކާރު ތިން ކުޅުންތެރިންނަށް ފުރުސަތު ނެދޭން ނިންމީ މުސްތަގުބަލަށް ބިނާ ކުރަމުންދާ ޓީމަށް ބަލާފަކަމަށާއި އެކުޅުންތެރިންނާ އެކު އެންމެފަހުން ކުޅުނު މެޗުތުކައި މާބޮޑު ތަފާތެއް ނުފެނި ނަތީޖާ ގޯސްވުމުގެ ސަބަބުންކަމަށެވެ. އެކުޅުންތެރިންނަކީ ޓީމަށް ވޭތުވެދިޔަ މާޒީގައި ކާމިޔާބުހޯދައިދިން މޮޅެތި ކުޅުންތެރިންކަން ކޯޗު ލޯ ވަނީ ފާހަގަކޮށްފައެވެ. މިހާރު މިއޮތް ހާލަތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭ ކަމަށާއި މިހާރު ކުރިޔަށް ދަނީ ކުޅުންތެރިން އިވެލުވޭޓް ކުރުމުގެ މަސައްކަތްކަމަށް ކޯޗު ލޯ ބުންޏެވެ.

ޖަރުމަނު ފުޓްބޯޅު ޓީމުގެ ޑިރެކްޓަރު އަދި ކުރީގެ ކުޅުންތެރިޔާ އޮލިވާ ބިހޯފް ބުނީ ޖަރުމަނުގެ އެންމެ މުހިންމީ ގައުމީ ފުޓްބޯޅަ ޓީމުކަމަށާއި ކާމިޔާބުގެ ދުވަސްތައް އަދިވެސް ޖަރުމަނަށް ތަކުރާރު ކުރެވިދާނެކަމަށެވެ. އަދި ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ގައިގަ އެފަދު ރޫހެއް ހުރިކަމަށް ބިހޯފް ބުންޏެވެ.

މުލާ ގައުމީ ޓީމަށް 100 މެޗު ކުޅުނު އިރު ބޯޓެންގް 76 މެޗު ކުޅެ ، ހުމެލްސް ވަނީ 70 މެޗު ކުޅެފައެވެ. މިހާރު 30 އަހަރު މަތީ ތިންކުޅުންތެރިން އެކޮށް 246 މެޗު ކުޅުނު އިރު މިތިން ކުޅުންތެރިންނާއެކު ޖަރުމަނުން ވަނީ 2014 ވަނައަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. ޖަރަމުނުން މިފަހަރު ތައްޔާރުވަމުންދަނީ ޗެކްރިޕަބްލިކް އާއި ސްޕެއިންގެ އިތުރުން ޔުކްރެއިންއާ ދެކޮޅަށް ކުޅޭ މެޗުތަކަށެވެ.