ޚަބަރު

ކަނޑިންމަ ރިޒޯޓުގެ މުވައްޒަފު ނިޔާވި މައްސަލަ މަޖިލީހަށް


ދ ކަނޑިންމަ ރިޒޯޓުގެ މުވައްޒަފު ނިޔާވި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށައަޅައިފިއެވެ.

މިމައްސަ މަޖިލީހަށް ހުށައަޅުއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

މިމައްސަލައިގެ ޤަރާރު މަޖިލީހަށް ހުށައަޅުއްވާފައިވާ ކަމަށާއި، މިއަދު ބަޖެޓު ބަހުސް ކުރިޔަށް ގެންދެވޭތީ އެމައްސަލަ ކުރިޔަށް ގެންދެވެން ނެތީކަމަށެވެ.

ދ ކަނޑިންމަ ރިޒޯޓުގެ މުވައްޒަފެއް ކަމުގައިވާ ދ. މާއެނބޫދޫ، ދިލްބަހާރުގޭ އާދަމް ނަސީރު (60އ) ނިޔާވީ ކޯވިޑް-19 ޖެހިގެން ކަމަށް، އެޗްއީއޯސީން ކަނޑައަޅާފައި ވާއިރު، އޭނާއަށް ނިޔާވުމުގައި ރިޒޯޓުގެ އިހުމާލުވުން އޮތްކަމަށް ތުހުމަތު ކުރެވޭތީ އެމައްސަލަ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ. މިގޮތުން އެޗްޕީއޭގެ ޓީމެއް ކަނޑިންމަ ރިޒޯޓަށް ގޮސް ހޯދުނު ކަންކަމަށް ފަހުގައި އެކަް ތަހުޤީޤު ކުރަށް ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. ފުލުހުންނާއި އެޗްއާރްސީއެމުންވެސް އެމައްސަލަ ބަލަމުން ގެންދާއިރު، އެރިޒޯޓު މިވަގުތު އޮތީވެސް ބަންދުކޮށްފައެވެ.

ކަނޑިންމަ ރިޒޯޓުގެ މުވައްޒަފު ނިޔާވީ އޭނާގެ ހާލު ބޮޑުވެ ކުޑަހުވަދޫގައި ހުންނަ ދ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އެނގުނީވެސް އޭގެ ފަހުންނެވެ.

އެންމެފަހުން އެޗްއީއޯސީން އާއްމުކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް 60 ވުރެ ގިނަ މީހުން އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވެއެވެ.