ކުޅިވަރު

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސަކަށް އަހުމަދު ހާފިޒް


ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސަކަށް އަހުމަދު ހާފިޒް އިންތިޚާބު ކޮށްފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ފުޅާ ދާއިރާއެއްގައި ރިސޯޓް ވިޔަފާރީ ކުރައްވާ ލިލީ ހޮޓެލްސްގެ މެނޭޖިންގ ޑިރެކްޓަރު އެމްޑީ އަހުމަދު ހާފިޒް ޓެނިސް އެސޯސިއޭޝަންގެ ރައީސަކަށް އިންތިޚާބު ކޮށްފައިވަނީ ރައީސްގެ މަގާމަށް ހާފިޒް އެކަނި ކުރިމަތިލާފައިވުމުން ހޮވި ފެންނަ ނުފެންނަ ވޯޓްއަކުންނެވެ.

ހާފިޒްއަށް ފެންނަކަމަށް 166 ވޯޓް ލިބިފައިވާއިރު، ނުފެންނަކަމަށް 5 ވޯޓް ލިބިފައިވެއެވެ. ބާތިލް ވޯޓުގެ ގޮތުގައި 4 ވޯޓު ލިބިފައިވައިވެއެވެ. ނާއިބް ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ މުހައްމަދު އަމީން އާއި މުހައްމަދު ހާނިމްއެވެ. މުހައްމަދު އަމީނަށް 148 ވޯޓް ލިބިފައިވާއިރު، މުހައްމަދު ހާނިމްއަށް 27 ވޯޓް ލިބިފައިވެއެވެ. ޓެނިސް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީއަށް 3 މެންބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު، މިމަގާމަށް 4 މެންބަރަކު ކުރިމަތިލާފައިވެއެވެ. އެއީ ހަސަން ޝާމް، މޫސާ އާތިމް، ޔޫސުފް ރިޝާ އަދި އަޒްމާ އިބްރާހިމެވެ. އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ ތިން މެންބަރަކަށް ހޮވިފައިވަނީ ހަސަން ޝާމް، ޔޫސުފް ރިޝާ އަދި އަޒްމާ އިބްރާހިމެވެ. ހަސަން ޝާމްއަށް 175 ވޯޓް ލިބިފައިވާއިރު ޔޫސުފް ރިޝާ 175 ވޯޓް ލިބިފައިވޭ އަދި އަޒްމާ އިބްރާހިމްއަށް 145 ވޯޓް ލިބިފައިވެއެވެ . މުސާ އާތިމްއަށް ލިބިފައިވަނީ 51 ވޯޓެވެ.

މި އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ 212 މެންބަރުން ތިބިއިރު، ޓެނިސް އެސޯސިއޭޝަންގެ 4 ވަނަ އިންތިޚާބުގައި ވޯޓް ދީފައިވަނީ 175 މެންބަރުންނެވެ. ޓެނިސް އެސޯސިއޭޝަނުން ބުނީ ހަޒާންދާރުގެ މަގާމާއި ޖެނަރަލް ސެކްރެޓަރީ އައްޔަނު ކުރާނީ އިންތިޚާބުވާ ހިންގާ ކޮމިޓީން ކަމަށެވެ. އަދި އަލަށް ހޮވުނު ހިންގާ ކޮމެޓީ ކޮމިޝަނާރ އޮފް ސްޕޯޓްސްގައި ބަލައިގަތުމަށްފަހު، ހަޒާންދާރުގެ މަގާމާއި ޖެނަރަލް ސެކްރެޓަރީގެ މަގާމް އައްޔަން ކުރާނެކަމަށެވެ. ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފާއިތުވި ދައުރުގެ ރައީސަކީ އަޙްމަދު ނަޒީރުއެވެ. ދެ ދައުރު ފުރިހަމަކޮށްފައިވާ އަހްމަދު ނަޒީރުވަނީ ޓެހިނުގެ ވަސީލަތްތަށް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.