އެމެރިކާގެ ރައީސްކަމުގެ އިތުރު ދަޢުރަކަށް ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ އިންތިޚާބަށް އެންމެ މުހިންމު 'ބެޓުލް ގުރައުންޑު' ސްޓޭޓުތައް ކަމުގައިވާ ޕެންސިލްވޭނިއާއާއި ވިސްކޮންސިންއާއި ޖޯޖިއާގެ ވޯޓު އަލުން ގުނުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެ ސްޓޭޓުތަކުގައި ކުޑަ ފަރަގަކުން ކުރީ ހޯއްދަވަމުންދަނީ އިދިކޮޅު ކެންޑިޑޭޓު އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަނެވެ.
ގިނަ ސްޓޭޓުތަކުގައި އަލުން ވޯޓުގުނުމަށް ޙުއްދަދެނީ ވާދަކުރާ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުގެ ޢަދަދުގައި ހުރި ފަރަގަކީ ވަކި ނިސްބަތަކަށްވުރެ ކުޑަ ތަފާތަކަށްވާނަމައެވެ. ޞައްޙަކަމަށް ބަލައިގަނެ ގުނާފައިވާ ވޯޓު އަކުން ގުނުމަށް ހުރަސްތަކެއް އެބަހުއްޓެވެ. ނަމަވެސް ބައެއް ސްޓޭޓުތަކުގައި އެއީ ނަތީޖާއާމެދު ސުވާލު އުފައްދާ ކޯޓަށް ދިޔުމަށް ލިބޭ މަގެކެވެ.
އިންތިޚާބަށް އެންމެ މުހިންމު ސްޓޭޓުތަކުގައި ވޯޓު އަލުން ގުނުމާއި ބެހޭގޮތުން ޢަމަލުކުރާ ޤަވާއިދުތަކަކީ މިއީއެވެ.
ޕެންސިލްވޭނިއާ ސްޓޭޓުގެ ޤާނޫނު ބުނާގޮތުން ދެ ކެންޑިޓޭޓުންނަށް ލިބިފައިވާ ވޯޓުގެ ޢަދަދުގައި އޮތް ފަރަގަކީ 0.5 އިންސައްތަ ނުވަތަ އެއަށްވުރެ ކުޑަ ނިސްބަތެއްނަމަ ބޯޓު އަލުން ގުނަން ޖެހޭނެއެވެ. ވޯޓުގެ ޢަދަދުތަކުގައި ހުރި ތަފާތު އެއަށްވުރެ އިތުރުނަމަ، ހުރިހާ ވޯޓެއް ނުވަތަ ވޯޓުގެ އެއްބައި އަލުން ގުނުމަށް ކެންޑިޑޭޓުންނަށް ކޯޓުގައި އެދެވިދާނެއެވެ. އެގޮތަށް އެދެވޭނީ ވޯޓު ގުނާ ނިމުމުގެ ފަސް ދުވަހުގެ ތެރޭގައެވެ. އެގޮތަށް އެދޭއިރު ފުރަތަމަ ބުރުގައި ވޯޓު ގުނި އިރު މައްސަލަތަކެއް ހުރިކަމަށް އެ ފަރާތުން ބުނަން ޖެހޭނެއެވެ.
ވޯޓު އަލުން ގުނުމަށް ހުށަހަޅާނަމަ އެކަމަށް ދާ ޚަރަދު އަލުން ގުނުމަށް އެދޭ ފަރާތުން ދައްކަންޖެހޭނެއެވެ. ނަމަވެސް ވޯޓު އޮޅުވާލުން ނުވަތަ އެހެނިހެން މައްސަލައެއް ދެވަނަ ފަހަރަށް ވޯޓު ގުނާއިރު ފާހަގަވެއްޖެނަމަ ދެއްކި ފައިސާ އަލުން އަނބުރާ ލިބުމުގެ ފުރުޞަތު އޮވެއެވެ. ނޮވެމްވަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓު އަލުން ގުނާނަމަ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުގެ ކުރިން ވޯޓު އަލުން ގުނާ ނިންމަންޖެހޭނެއެވެ.
ވޯޓު އަލުން ގުނާއިރު އެ މަރުކަޒެއްގައި ހުންނަ އޮބްޒާވަރުންނަށް ވޯޓު ކަރުދާހާއި ވޯޓުލާ މެޝިންތައް ގާތުން ބެލުމުގެ ފުރުޞަތު ލިބޭނެއެވެ. މައްސަލައެއް ފާހަގަވެއްޖެނަމަ އެކަމެއް ޙައްލުކުރާނީ ކައުންޓީ އޮފިޝަލުންނެވެ. އެމައްސަލައެއްގައި ނިންމާ ނިންމުމެއް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ.
ޖޯޖިއާގައި ވަކި ނިސްބަތަކަށްވުރެ ވޯޓުގެ ތަފާތު ހުރުމުން އަލުން ވޯޓު ގުނުމަށް ޤާނޫނުން ލާޒިމެއް ނުކުރެއެވެ. ނަމަވެސް 0.5 އިންސައްތަ ނުވަތަ އެއަށްވުރެ ދަށް ޢަދަދެއްގެ ތަފާތެއް ވޯޓުގައި ހުރިނަމަ ވޯޓު އަލުން ގުނަން ހުށަހެޅުމުގެ ފުރުޞަތު ކެންޑިޑޭޓުންނަށް ލިބެއެވެ. އޭގެ އިތުރުންވެސް ވޯޓު ގުނުމުގައި މައްސަލަތަކެއް ދިމާވެފައިވާކަމުގެ ހެއްކާއިއެކު ވޯޓު އަލުން ގުނުމަށް ޖޯޖިއާގެ ސެކެޓްރީ އޮފް ސްޓޭޓުގައި އެދެވިދާނެއެވެ. ޖޯޖިއާގައި ވޯޓު އަލުން ގުނާނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިން ދަޢުލަތުންނެވެ. މި ސްޓޭޓުގައި ވޯޓުގެ އެއްބައި އަލުން ގުނާކަށް ޙުއްދައެއް ނުދެއެވެ.
ވިސްކޮންސިން ސްޓޭޓުގެ ޤާނޫނުގައިވެސް ވަކި ވަރަކަށްވުރެ ތަފާތު ކުޑަވެއްޖެނަމަ ވޯޓު އަލުން ގުނުމަށް ލާޒިމުވާ ބާބެއް ނޯވެއެވެ. ނަމަވެސް ދެވަނަ ފަހަރަށް ވޯޓު ގުނުމަށް އެދުމުގެ ފުރުޞަތު ކެންޑިޑޭޓުންނަށް ލިބެއެވެ. ވޯޓު އަލުން ގުނަން ބޭނުންވާނަމަ ފުރަތަމަ ބުރަށް ވޯޓު ގުނާ ނިމުމުގެ އެއްދުވަސް ތެރޭގައި ވިސްކޮންސިން އިލެކްޝަންސް ކޮމިޝަނުގައި އެކަމަށް އެދެންޖެހޭނެއެވެ. އަދި އަލުން ވޯޓު ގުނުމުގެ ކަންކަން 13 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭނެއެވެ.
ކެންޑިޑޭޓުންގެ ދެމެދުގައި ހުރި ތަފާތު 0.25 އިންސައްތައަށްވުރެ ކުޑަނަމަ ވޯޓު އަލުން ގުނުމުގެ ޚަރަދާއި ޙަވާލުވާނީ ސްޓޭޓުންނެވެ. ނަމަވެސް އެ ނިސްބަތަށްވުރެ ފަރަގު ބޮޑުނަމަ ވޯޓު އަލުން ގުނުމަށް ހުށަހަޅާ ފަރާތުން އެކަމަށް ހިންގާ ޚަރަދު ދޭންޖެހޭނެއެވެ. ވޯޓު ގުނުމުން މައްސަލައެއް ފެނިއްޖެނަމަ އެ ޢަދަދު އަނބުރާ ރީފަންޑު ކޮށްދޭނެއެވެ.
ވިސްކޮންސިންގައި ވޯޓު އަލުން ގުނާނީ ކައުންޓީ ފެންވަރުގައެވެ. ވޯޓު އަލުން ގުނަންޖެހޭނީ ހުޅުވާލައިގެންނެވެ. ވޯޓުތައް އަތުން ގުނުން ނުވަތަ މެޝިނު ބޭނުންކޮށްގެން ގުނުމުގެ އިޚްތިޔާރު ކަމާއިބެހޭ ފަރާތްތަކަށް އޮންނާނެއެވެ. ވޯޓެއްގައި މައްސަލައެއް ފާހަގަވެއްޖެނަމަ އެ މައްސަލައެއް ނަގައި އެކަމާއި ދެކޮޅު ހެދުމުގެ ފުރުޞަތު މަންދޫބުންނަށް ލިބިގެންވެއެވެ. އެ މައްސަލައެއްގައި ނިންމާ ގޮތް ކޯޓުގައި އިސްތިޢުނާފުކުރުމުގެ ފުރުޞަތުވެސް ވިސްކޮންސިންގެ ޤާނޫނުގެ ދަށުން ލިބިދެއެވެ.
ލިބިފައިވާ ވޯޓުގެ ޢަދަދުގައި 2،000 ވޯޓަށްވުރެ ކުޑަ ފަރަގެއް ހުރި ނަމަ އަލުން އެ ވޯޓު ގުނުމަށް އެ ސްޓޭޓުގެ ޤާނޫނުން ލާޒިމްކުރެއެވެ. އޭގެ އިތުރުން ވޯޓު ގުނާ ނިމުމުގެ 48 ގަޑިއިރުގެ ތެރޭގައި ވޯޓު އޮޅުވާލާފައިވާކަމަށް ނުވަތަ ގުނުމުގައި މައްސަލަތަކެއް ދިމާވެފައިވާކަމަށް ބުނެ އަލުން ގުނުމަށް ހުށަހެޅޭނެއެވެ. ދެވަނަ ފަހަރަށް ވޯޓު ގުނުމުގެ ކަންކަން 30 ދުވަހުގެ ތެރޭގައި ފުރިހަމަކުރަން ޖެހޭނެއެވެ. މި ސްޓޭޓުގައިވެސް ވޯޓު އަލުން ގުނުމަށް ހިންގާ ޚަރަދާއި ޙާވާލުވާންޖެހޭނީ ވޯޓު ގުނަން އެދުނު ފަރާތުންނެވެ. ވޯޓު ގުނުމުން މައްސަލައެއް ފެނިއްޖެނަމަ އެ ފައިސާ އަނބުރާ ރީފަންޑު ކޮށްދޭނެއެވެ. މި ސްޓޭޓުގައި ވޯޓުގެ އެއްބައި އަލުން ގުނުމަށްވެސް ފުރުޞަތު ދެއެވެ.
މިޝިގަންގެ ޤާނޫނުގައި ވޯޓު އަލުން ގުނާ ވަގުތު ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓު ގުނާ މަރުކަޒުގައި ހާޒިރުވެ ތިބުމުގެ ޙުއްދަ ދެއެވެ. ވަކި ޚާއްސަ ބޯޑަކަށް މައްސަލަ ހުށަހެޅުމަށް އޮބްޒާވުކުރާއިރު ފާހަގަވާ ކަންކަން ނޯޓުކުރުމުގެ ފުރުޞަތު އެ ފަރާތްތަކަށް ދޭނެއެވެ.
ނެވާޑާގެ ޤާނޫނުގައިވެސް ވޯޓު އަލުން ގުނުމަށް ލާޒިމުވާ ޙާލަތެއް ބަޔާންކޮށްފައެއް ނޯވެއެވެ. ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓުގެ ޢަދަދުގައި ކޮންމެ ނިސްބަތެއްގެ ފަރަގެއް ހުރި ނަމަވެސް ރިޔާސީ ކެންޑިޑޭޓުންނަށް ނެވްއާޑާގެ ސެކެޓްރީ އޮފް ސްޓޭޓުގައި އަލުން ވޯޓު ގުނުމަށް އެދެވިދާނެއެވެ. އެގޮތަށް އެދެވޭނީ ވޯޓު ގުނާ ނިމުމުގެ ތިން ދުވަހުގެ ތެރޭގައެވެ. އެ ސްޓޭޓުގައި ވޯޓުގެ އެއްބައި އަލުން ގުނުމަކަށް ފުރުޞަތު ނުދެއެވެ. ވޯޓު އަލުން ގުނުމުގެ ޚަރަދު ދައްކަންޖެހޭނީ ވޯޓު ގުނުމަށް އެދޭ ފަރާތުންނެވެ. އަލުން ވޯޓު ގުނުމުން ނަތީޖާއަށް ބަދަލެއް އައިސްފިނަމަ އެ ފައިސާ އަނބުރާ ރައްދުކުރާނެއެވެ. ޕާޓި ތަކުން ވޯޓު އަލުން ގުނާތަނުގައި ތިބެ އޮބްޒާވްކުރުމުގެ ފުރުޞަތު އޮތަސް ވޯޓެއްގެ ޞައްޙަކަމާއިމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އެމީހުންނަކަށް ނޯންނާނެއެވެ.
އެރިޒޯނާ
0.10 އިންސައްތައަށް ވުރެ ކުޑަ ނިސްބަތެއްގެ ތަފާތު އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ މެދުގައި ވާނަމަ އެ ވޯޓުތައް އަލުން ގުނުމަށް އެރިޒޯނާގެ ޤާނޫނުން ލާޒިމްކުރެއެވެ. ނަމަވެސް ވޯޓު އަލުން ގުނުމަށް ހުށަހެޅުމުގެ ފުރުޞަތު ކެންޑިޑޭޓުންނަކަށް ނޯވެއެވެ. އަލުން ވޯޓު ގުނާ ނިންމުމަށް ވަކި މުއްދަތެއްވެސް ކަނޑައަޅާފައެއް ނޯވެއެވެ. ވޯޓު އަލުން ގުނުމުގެ މަރުޚަލާ ކުރިއަށް ގެންދަންޖެހޭނީ ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައެވެ.
0.10 އިންސައްތައަށް ވުރެ ކުޑަ ނިސްބަތެއްގެ ތަފާތު އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ މެދުގައި ވާނަމަ އެ ވޯޓުތައް އަލުން ގުނުމަށް އެރިޒޯނާގެ ޤާނޫނުން ލާޒިމްކުރެއެވެ. ނަމަވެސް ވޯޓު އަލުން ގުނުމަށް ހުށަހެޅުމުގެ ފުރުޞަތު ކެންޑިޑޭޓުންނަކަށް ނޯވެއެވެ. އަލުން ވޯޓު ގުނާ ނިންމުމަށް ވަކި މުއްދަތެއްވެސް ކަނޑައަޅާފައެއް ނޯވެއެވެ. ވޯޓު އަލުން ގުނުމުގެ މަރުޚަލާ ކުރިއަށް ގެންދަންޖެހޭނީ ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައެވެ.